logo
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާއި އިބްރާހީމް ޝުޖާއު: ފޮޓޯ: ސަން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާއި އިބްރާހީމް ޝުޖާއު: ފޮޓޯ: ސަން

ޝުޖާއު ރައީސް ޔާމީނަށް: ސަރުކާރުން ހެދި ގޯހަކީ ޒެއިންއަށް ޓުއަރިޒަމް މިނިސްޓަރުކަން ނުދިނުންތަ؟

profile

ޒިދާން މުޙައްމަދު - 03 އޯގަސްޓު 2024 - 14:25

ސަރުކާރުން ހެދި ގޯހަކީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީނަށް ޓުއަރިޒަމް މިނިސްޓަރުކަން ނުދިނުންތޯ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމްް ޝުޖާއު ސުވާލުކުރައްވައިފިއެވެ.

https://wamco.com.mv/

ޝުޖާއު މިފަދައިން ސުވާލު ކުރެއްވީ، މިއީ އެ މަނިކުފާނުގެ ވެސް ހިއްސާ އޮތް ސަރުކާރެއް ކަމަށާއި އެކަމަކު ދުރަށް ޖެހިވަޑައިގެން އުޅުއްވަނީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވުމާ ގުޅިގެން ރައްދުދެއްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ވެރިކަން ކުރާ ޕީއެންސީގެ ލީޑާޝިޕާ ދުރަށް ޖެހިވަޑައިގެން އުފެއްދެވި އަމިއްލަ ޕާޓީ، ޕީއެންއެފް އިން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، މިސަރުކާރުގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އަދި ކުރިމަތިވަމުންދާ މައްސަލަތައް ހައްލުނުކުރެވި ދިގުލައިގެން ދާކަމުގެ ޝަކުވާ ވެސް އެ މަނިކުފާނު ތަކުރާރުކޮށް ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ އެމަނިކުފާނު ދުރުވެގެން އުޅުއްވަނީ ކޮންމެހެން އިދިކޮޅު ޕާޓީއަކަށް ވެގެންނެއް ނޫން ކަމަށެވެ. އެކަމަކު ބޮޑެތި ގޯސްތަކެއް ހަދަމުންދާތީ، އެކަން ހަޖަމްކުރައްވަން އުނދަގޫވެވަޑައިގެން އަދި އެކަންކަން ދިފާއު ކުރައްވަން ބޭނުންވެ ވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވިއެވެ.

"އެ ކުރާ ކަންކަން ދިފާއު ކުރުމަށް، ސަރުކާރުގެ ބައިވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބޭކަށް ބޭނުމެއް ނޫން. ހަމަ އެހެންވެ އަޅުގަނޑުމެން [ސަރުކާރާ] ދުރުވީ،"

ރައީސް ޔާމީނަށް ރައްދުދެއްވައި ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުވަނީ އެ ވިދާޅުވީ ކީކޭތޯ އައްސަވާފައެވެ. އަދި އެ މަނިކުފާނު ޕާޓީ ދޫކޮށް ވަޑައިގެންނެވީ 23 ނޮވެމްބަރ 2023 ވީ ބުރާސްފަތި ދުވަހު ކަމަށާއި އެއީ ރައީސް މުއިއްޒުގެ ވެރިކަމަށް ހަވަނަ ދުވަސް ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ 6 ދުވަސް ތެރޭ ސަރުކާރުން ހެދީކޮން ގޯހެއްތޯ ސުވާލު ކުރައްވާފައެވެ. އެއީ ދަރިކަލުން ޒެއިންއަށް ޓުއަރިޒަމް މިނިސްޓަރުކަން ނުދިނުންތޯ ޝުޖާއު ސުވާލުކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރާ ދުރަށް ޖެހިވަޑައިގެންނެވީ ސަރުކާރުން ހަދާ ގޯސްތަކުން ހަޖަމު ކުރައްވަން އުނދަގޫވެގެން ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ހޫނު ރައްދެއް ދެއްވާފައެވެ.

އަބްދުއްރަހީމްގެ ރައްދު "ހަމަލާ" ފެއްޓެވީ ރައްޔިތުން ހެއްލިދާނެ ކަމަށް ޔާމީން މާ މޮޅު ވާހަކަ ދައްކަވަން ނޫޅުއްވަން ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ސަރުކާރާ ދުރަށް ޖެހިވަޑައިގަތީ އެމަނިކުފާނުގެ ހުރި ބޮޑާކަމާއި ކިބުރުވެރިކަމެއްގެ ބޮޑުކަމުން އެމަނިކުފާނު ނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން "ލަގޮނޑި"އަށް ކެތް ނުކުރެއްވިގެން ކަމަށެވެ.

ރައީސް ޔާމީންއަކީ ވެރިކަމުގެ އިއްޒަތާއި ލައްޒަތަށް ދަހިވެތިވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިކަން ވަކިން ބޮޑަށް މިއަދު ރައްޔިތުންނަށް ޔަގީން ވަނީ ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެ ތިން މީހުން ގޮވައިގެން ތިޔަ ޖަހާ ހަޑި ހުތުރު މުޑުދާރު ސަކަރާތުން،"
https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk