logo
އެމްޓީސީސީގެ އައު ޑީއެމްޑީ އަކަށް އަހްމަދު  މުބީން ހަމަޖެއްސުން

އެމްޓީސީސީގެ އައު ޑީއެމްޑީ އަކަށް އަހްމަދު މުބީން ހަމަޖެއްސުން

އެމްޓީސީސީގެ ޑީއެމްޑީކަމަށް މުބީން އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 މޭ 2026 - 11:26

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

މުބީން އެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން އެމްޓީސީސީން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

މުބީންގެ ތަޖުރިބާ އާއި ހިންގުންތެރިކަމުގެ ދަށުން ކުންފުނި އިތުރު ކާމިޔާބީތަކަކާ ދިމާލަށް މިސްރާބުޖަހައި، އާ ހަރުފަތްތަކަކަށް ވާސިލުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މީގެ ކުރިން މުބީން ވަނީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ.

މުބީން އަކީ ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރުކަން ވެސް ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk