logo

ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކުން ސަލާމަތްތެރިކަން ހޯދަން މަޝްވަރާ ކުރަނީ

profile

ރިޟްވާން މޫސާ - 03 މޭ 2026 - 08:03

ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.

https://wamco.com.mv/

ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ވަޒީރު ޙަސަން ރަޝީދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމެއްވެރސް ބާއްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެންޑީއެމްއޭގެ ފަރާތުން ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާ ކުރުމާ ގުޅޭގޮތުން އެންޑީއެމްއޭގެ އިސް ބޭފުޅުންނާއެކު ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު ދިފާޢީ އަދި ވަތަނީ ޚިދުމަތުގެވަޒީރު ޙަސަން ރަޝީދު އަލަށް އެމަނިކުފާނުގެ މަގާމާއި ހަވާލުވެލެއްވުމަށްފަހުގައި އެކި މުއައްސަސާތަކާއި އެމްބަސީތަކުގެ އިސް ބޭފުޅުންނާ ވަޒީރު ގެންދަވަނީ ބައްދަލުކުރައްވައި، ދިފާޢީ އަދި ވަތަނީ ޚިދުމަތުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި އެ ވުޒާރާއާއި މުއައްސަސާތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން އަންނަ ކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk