logo

ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

profile

ރިޟްވާން މޫސާ - 05 މޭ 2026 - 07:37

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް"އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

https://wamco.com.mv/

މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ 3 ވަނަ ދުވަހެވެ. ނަމަވެސް، އެޗްޕީއޭން މިހާރު ވަނީ މި މުއްދަތު 13 މޭ 2026ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅޭ ގޮތަށް އިތުރުކޮށްފައެވެ. މިކަން އެއިދާރާއިން ހާމަކޮށްފައިވަނީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ.

ރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެތެރޭގައި ރާއްޖޭގައި ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިގެރޭޓު ބޭނުންކުރުމާ ވިޔަފާރިކުރުން މަނާކުރުމާ ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް ކޮންޓްރޯލްކުރުން ހިމެނެއެވެ

އެޗްޕީއޭއިން ވިދާޅުވީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ދިނުމަށް މަށްކަމަށެވެ.

އެޗްޕީއޭން ވިދާޅުވީ މި އެވޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ހުޝަހަޅަން ޖެހޭ ފޯމު ފުރުއްވުމަށްފަހު، mv.gov.hpa@tobaccofreemaldives އަށް އީމެއިލް ކުރެއްވުމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެ އެޖެންސީގެ ފޯނު ނަންބަރު 3024500 އިން ލިބޭނެކަމަށް ވެސް އެއިއުލާނުގައި ވެއެވެ.

މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުމެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރާ ދުވަހަށްވާއިރު މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk