logo

ޖުވާ ކުޅެންއުޅުނު މައްސަލައެއް ގައި 38 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

profile

އައިމިނަތު ޒައިބާ - 18 އޭޕްރީލު 2026 - 07:32

ޖުވާކުޅުމާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކޮށް ޣައިރު ޤާނޫނީ ޢަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

https://wamco.com.mv/

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ މިފަދަ ކަންކަން ހިންގާ ކަމަށް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިއްޔެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މީހުން އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށް ޓަކައި މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، އެމީހުން ފޮރުވި ތިބެ ހިންގާ ޤަވާއިދާ ޚިލާފު ވިޔަފާރިތަކާއި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭ ކަމެކެވެ. މިގޮތުން، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތައް މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ރާއްޖޭގައި އާންމުވަމުންދާ އިސްލާމްދީނާ ޚިލާފު ކަންކަމާއި ޤާނޫނުން މަނާކޮށްފައިވާ ކަންކަން ހުއްޓުވަން ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިސްލާޙު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި ބިލްގައިވާ ގޮތުން ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅަން ވަނީ ހުށަހަޅާފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުގައި އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެއެވެ. މީގެ އިތުރުން، ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ވެސް ސަރުކާރުން ވަނީ ފަށާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk