
މަކަރާއި ހީލަތުން ހޯދި 400،000 ރުފިޔާ ފުލުހުން ހޯދައި ވެރިފަރާތާއި ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 17 އޭޕްރީލު 2026 - 09:32
މަކަރާއި ހީލަތުން އަތުލާފައިވާ ގިނަ އަދަދެއްގެ ފައިސާ، ފުލުހުންގެ އެހީތެރިކަމާއެކު އޭގެ ވެރިފަރާތަށް އަނބުރާ ހޯދައިދީފިއެވެ.
މި މައްސަލައަކީ ހުޅުމާލޭ ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް މި މަހުގެ 10 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެކެވެ. ރިޕޯޓްކޮށްފައިވާ ގޮތުގައި، އޮޅުވާލައިގެން ޖުމްލަ 400,000 ރުފިޔާ ވަނީ އަތުލާފައެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، އެ ފައިސާއާ ހަވާލުވި ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ. އަދި ދެ ފަރާތުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ފައިސާ ބަހާލައިގެން ދެއްކުމަށް އެއްބަސްވެ މިހާރު އެ ފައިސާ އެއްކޮށް ދައްކައި ނިންމާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ސިއްޙީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް އެބަކުރަން: އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް
13 ގަޑިއިރު ކުރިން

ޖުވާ ކުޅެންއުޅުން މައްސަލައެއް ގައި 38 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
20 ގަޑިއިރު ކުރިން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
20 ގަޑިއިރު ކުރިން

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
2 ދުވަސް ކުރިން


.gif&w=3840&q=75)