ސިއްޙީ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން މަސައްކަތްތަކެއް އެބަކުރަން: އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް

ރިޟްވާން މޫސާ - 18 އޭޕްރީލު 2026 - 14:10
ސިއްހީ މުޅި ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބަޔަކީ ޑޮކްޓަރުންކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ދިވެހި ޑޮކްޓަރުންގެ ދުވަހާއި ގުޅިގެން ހަލީމް ފޮނުއްވެވި މެސެޖުގައި ވިދާޅުވެފައި ވަނީ މުޅި ޞިއްޙީ ނިޒާމް ހަރުދަނާކަމާއެކު ދެމެހެއްޓުމުގައި ޑޮކްޓަރުންގެ ދައުރު ބޮޑުކަމަށެވެ.
އަދި މަސައްކަތުގެ މައިދާނުގައި ކޮންމެ ދުވަހަކު ކުރިމަތިވާ ނުތަނަވަސްކަމާއި ގޮންޖެހުންތަކާއިއެކުވެސް ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޑޮކްޓަރުން ދައްކަވާ ސާބިތުކަމަކީ މުޅި ޤައުމު ފަޚުރުވެރިވާކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
ޑޮކްޓަރުން ކުރާ މާތް މަސައްކަތަކީ ހަމައެކަނި އަދާކުރާ ވަޒީފާއެއް ނޫންކަމަށައި، އެއީ މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މުގައްދަސް އަދި އިންސާނީ ކަރާމާތާއި ގުޅިފައިވާ މަތިވެރި ޚިދުމަތެއްކަމަށް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ.
ޑޮކްޓަރުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްދިއުމަށް ބޭނުންވާ އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަދުގެ ސަރުކާރުން ސާބިތުކަމާއެކު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ ދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސީވީއެފްގެ ވަޒީފާގެ ދައުރު ނިންމައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި
ދުވަހެއް ކުރިން
ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން މާދަމާ ކުރިއަށްދާނެ: އީސީ
2 ދުވަސް ކުރިން

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ ޕާކިންގ ޒޯނަކާއި އެކު: ހައުސިންގ މިނިސްޓްރީ
2 ދުވަސް ކުރިން

ތަކަންދޫ އިންޖީނުގޭގައި ބެހެއްޓި ޖެނެރޭޓަރ ސެޓް ބޭނުންކުރަން ފަށައިފި
2 ދުވަސް ކުރިން


.gif&w=3840&q=75)