logo

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 00:58

ދެކުނުގެ ރަށެއްގައި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި، ޑޮކްޓަރަށް ދެއްކި 17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ އެއް އޭޕްރީލް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ކުއްޖާއަކީ ގުރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރެކެވެ.

ބަލިވެ އިންކަން ފަޅާ އެރީ ބަނޑަށް އަށެއްކަ މަސްވާން ކައިރިވެފައި ވަނިކޮށެވެ.

މި މައްސަލަ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk