
ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާ އަށް އަރައިފި

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 00:57
ބާޒާރުގައި ލުނބޯގެ އަގު އިންތިހާއަށް އުފުލި، ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފިއެވެ.
ބާޒާރުމަތީގެ ފިހާރަތަކާއި ދަތުރުވެރިންގެ މާރުކޭޓުން ލިބެންހުރި ލުނބޯގެ އަގުތަކަށް ބަލާއިރު، މިހާރު ބާޒާރުގައި ލުނބޯގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، އަގު ބޮޑުވާން ދިމާވި މައިގަނޑު ސަބަބަކީ ބާޒާރަށް ލުނބޯ ލިބުން ދަތިވުމާއި، އިމްޕޯޓްކުރާ އަގު އުފުލުމެވެ.
މިއަދު ބާޒާރުމަތީގެ ފިހާރަތަކުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 95 ރުފިޔާއަށްވުރެ މަތީގައެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ލުނބޯ ލިބެން ހުރި މިންވަރު މަދުވެފައިވާއިރު، އެ ތަނުގައި ލުނބޯ ކިލޯއެއް ވިއްކަމުންދަނީ 100 ރުފިޔާއަށްވުރެ މަތީގެ އަގުތަކެއްގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބާޒާރުގައި ލުނބޯ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުއްޓެވެ. މީގެ ކުރިންވެސް ބާޒާރުގައި ލުނބޯގެ އަގަށް މިފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ކިލޯއެއްގެ އަގު 80 ރުފިޔާއަށް އެރިއިރު، އޭގެ ކުރީ އަހަރުގެ އޮގަސްޓް މަހު ލުނބޯ ކިލޯއެއްގެ އަގު ވަނީ 140 ރުފިޔާއަށް އުފުލިފައެވެ.
ވޭތުވެދިޔަ އަހަރު ލުނބޯގެ އަގު މިގޮތަށް އުފުލުމާ ގުޅިގެން، އާންމުންނަށް އަގުހެޔޮކޮށް ލުނބޯ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯއިން ވަނީ ރާއްޖެއަށް ލުނބޯ އެތެރެކޮށް ވިއްކާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިފެންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް ރައީސް ބަދަލުކުރައްވައިފި
5 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން ކަމަށް މުހައްމަދު ހުސައިން ޝަރީފް އައްޔަނުކޮށްފި
5 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކޮށްފި
5 ގަޑިއިރު ކުރިން

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)