
ރައީސުލްޖުމްހޫރިއްޔާ ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 16 އޭޕްރީލު 2026 - 01:00
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ހަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރު ޖަވާބުދާރީ ކުރުމުގައި މަޖިލިސްގެ ދައުރު މުހިއްމު: އަބްދުއްރަހީމް
2 މިނިޓު ކުރިން

ޑިފެންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް ރައީސް ބަދަލުކުރައްވައިފި
7 ގަޑިއިރު ކުރިން

ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާ އަށް އަރައިފި
7 ގަޑިއިރު ކުރިން

ސަރުކާރުގެ ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
18 ގަޑިއިރު ކުރިން


.gif&w=3840&q=75)