
އޮސްޓްރޭލިއާގެ ގޮނޑޮދޮށުން އާދަޔާ ހިލާފު ބޯޅަތަކެއް ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 06 ޖުލައި 2026 - 11:56
އޮސްޓްރޭލިއާގެ އުތުރުގައިވާ ކުއީންސްލޭންޑްގެ ގޮނޑުދޮށުން، މި ހަފުތާ ބަންދުގައި ރިހިކުލައިގެ ބޮޑެތި ބޯޅަތަކެއް ފެނިއްޖެއެވެ.
ޓައުންސްވިލްގެ އުތުރުގައި އޮންނަ ފޮރެސްޓް ބީޗުން ފެނުނު މި ހަ ބޯޅައަކީ ޖައްވީ ކުނި ކަމަށް ބެލެވޭތީ، އޮސްޓްރޭލިއަން ސްޕޭސް އެޖެންސީ (އޭއެސްއޭ) އިން މިހާރު ދަނީ އެ ތަކެތީގެ އަސްލު ދެނެގަތުމަށް ތަހުގީގު ކުރަމުންނެވެ.
ކުއީންސްލޭންޑްގެ ފަޔާ އެންޑް އިމަޖެންސީ ސާވިސަސް އިން ބުނި ގޮތުގައި، އެ ތަކެތި ފެނުނު ސަރަހައްދުގެ 50 މީޓަރުގެ ރޭޑިއަސްއަކަށް ވަނުން އަދިވެސް އޮތީ މަނާކޮށްފައެވެ. އަދި އެފަދަ ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެ ނަމަ، އެއަށް އަތްނުލުމަށާއި، ވަގުތުން އެ ސަރަހައްދާ ދުރަށް ގޮސް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީސްމީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ އެއީ ޖައްވީ އުޅަނދުފަހަރުގައި ބޭނުންކުރާ "ޕްރޮޕެލަންޓް ޓޭންކް" ތަކެއް ކަމަށެވެ. އެހެންކަމުން، އޭގައި އަލިފާން ހިފާ ފަދަ ނުރައްކާތެރި ކެމިކަލްތައް ހުރެދާނެ ކަމަށް ބެލެވެއެވެ.
ނުރައްކާތެރި މާއްދާއެއް ހުރެދާނެތީ، ރައްކާތެރިކަމުގެ ހެދުން އަޅައިގެން ތިބި ހާއްސަ ޓީމުތަކުން ފުލުހުންގެ އެހީތެރިކަމާއެކު އެ ތަކެތި ހެޒްމެޓް ފީފާތަކަށް އަޅައިގެން ރައްކާތެރިކަމާއެކު ގެންދާ މަންޒަރު ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޮސްޓްރޭލިއާގެ އައްސޭރިފަށުން މިފަދަ އާދަޔާ ހިލާފު ތަކެތި ފެނުމަކީ މީގެ ކުރިން ވެސް ހިނގާފައިވާ ކަންކަމެވެ.
2023 ވަނަ އަހަރު ހުޅަނގު އޮސްޓްރޭލިއާގެ ޕާތު ކައިރީގައިވާ ގޮނޑުދޮށަކަށް ލެއްގި ބޮޑު މައުދަނީ އާލާތަކީ އިންޑިއާގެ ރޮކެޓެއްގެ ބައެއްކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ސްޕޭސް އެޖެންސީގެ ތަރުޖަމާނު ބީބީސީއަށް މައުލޫމާތު ދެއްވަމުން ހާމަކުރެއްވި ގޮތުގައި، އެއީ އެ ގައުމުގެ ޕޯލާ ސެޓެލައިޓް ލޯންޗް ވެހިކަލް (ޕީއެސްއެލްވީ) އެއްގެ ބައެކެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާ ބަންދުގައި ފެނުނު ބޯޅަތަކާ އެއްގޮތް އެއްޗެއް 2011 ވަނަ އަހަރު އެފްރިކާ ބައްރުގެ ނަމީބިއާގެ އެކަހެރި ސަރަހައްދަކުން ވެސް ވަނީ ފެނިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
4 ގަޑިއިރު ކުރިން

ބީއެމްއެލްއާ މާސްޓަރކާޑު ގުޅިގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
6 ގަޑިއިރު ކުރިން

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން 150 ޑްރަގް ކިޓް ހަދިޔާކޮށްފި
6 ގަޑިއިރު ކުރިން

މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރު
6 ގަޑިއިރު ކުރިން


.gif&w=3840&q=75)