
އެސްޓީއޯގެ 193 ފާމަސީއެއް ސްޓޭޓް ފާމާގެ ދަށަށް ބަދަލުކުރުމަށް ނިންމައިފި

އާމިނަތު ޝަޒްލާ - 06 ޖޫން 2026 - 12:04
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ދަށުން ހިންގަމުން އަންނަ 193 ފާމަސީއެއް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްސްގެ ދަށަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު މީސްމީޑިއާއަށް ވިދާޅުވީ އެސްޓީއޯގެ 193 ފާމަސީއާއި، އައިޖީއެމްއެޗްގައި އަލަށް ހުޅުވި ފާމަސީ ހިމެނޭހެން ޖުމްލަ 194 ފާމަސީއެއްގެ ހިންގުމާ އެ ކުންފުނިން ރަސްމީކޮށް ހަވާލުވާނެ ކަމަށެވެ.
އަދި މި ބަދަލަށް ތައްޔާރުވުމުގެ ގޮތުން ފާމަސީތަކަށް ބޭނުންވާ ސަޕްލައިތަކާއި، އިލެކްޓްރޯނިކް ސިސްޓަމްތައް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ބާރުލާފައި ކުރިއަށްދާކަން ވަނީ އޭނާ ފާހަގަކޮށްފައެވެ.
ރާއްޖެއަށް ބޭނުންވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭހުގެ ސްޓޮކް ހުރި މިންވަރު ދުރާލާ އެނގޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށާއި، އެގޮތުން، ފާމަސީތަކުގައި ބޭސް ހުރި މިންވަރު ލައިވްކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖެހުމުން، ހެލްތު މިނިސްޓްރީއާއި ރެގިއުލޭޓަރީ އިދާރާތަކަށް ބޭހުގެ ފޯކާސްޓްތައް ހެދުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވަނީ ޑރ. ޝާހް ވިދާޅުވެފައެވެ.
ސްޓޭޓް ފާމަސޫޓިކަލްސްއިން މިހާރުވެސް ދަނީ ހޮޓްލައިން 1050 މެދުވެރިކޮށް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ނަޝީދާއެކު މި ވެރިކަން ނިމުމަކަށް ގެނައުމަށް ހުންނާނަން: މީކާއީލް
14 ގަޑިއިރު ކުރިން

ފޭސްބުކް، އަދި އިންޓަރގްރާމް، ޑައުންވެއްޖެ
19 ގަޑިއިރު ކުރިން

ނިލަންދޫ ކަތީބު ދޮންބެ އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
19 ގަޑިއިރު ކުރިން

ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
21 ގަޑިއިރު ކުރިން


.gif&w=3840&q=75)