
ކަންކަން މަތީ ޕާކްނުކުރެވޭ ގޮތް ހަދަނީ

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 07:47
މާލޭގެ މަގުތަކުގެ ކަންމަތީގައި ޕާކުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން މަގުތަކުގައި ރޮނގުދެމުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ، މި މަސައްކަތުގެ ދަށުން މ. ފުލޫނިޔާ މަގާ ގުޅިފައިވާ ގޯޅިތަކުގެ ކަންމަތިތަކުގައި ޕާކުކުރުން މަނާ ސަރަޙައްދުތައް ފާހަގަކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލޫނިޔާ މަގު ހިމެނޭ ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން މިހާރުވަނީ ޕާކުކުރުން މަނާ ސަރަހައްދުތަކެއްކަން އަންގައިދިނުމަށްޓަކައި ރީނދޫ ކުލައިގެ ދެ ރޮނގު ދަމައި ފާހަގަކޮށްފައެވެ.
މިކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުތަކުގެ ކަންކަންމަތީގައި ޕާކުކުރުމުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުން އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ. އަދި މިގޮތަށް ރީނދޫ ރޮނގު ދަމައި ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައި ޕާކުކުރުމަކީ މަނާކަމެއް ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި މިއީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް މާލޭގެ މަގުތަކަކީ އަމާން އަދި ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައިވެސް މާލޭގެ އެކި ސަރަޙައްދުތަކުގައި މިފަދައިން ރޮނގުދެމުމުގެ މަސައްކަތް ކައުންސިލުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ގަޑިއިރު ކުރިން

ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި
15 ގަޑިއިރު ކުރިން

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް 155،700 ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
17 ގަޑިއިރު ކުރިން


