
މިއީ މުރާލި ކަމެއް ނެތް ސަރުކާރެއް: އަބްދުﷲ ޝާހިދު

ރިޟްވާން މޫސާ - 12 ސެޕްޓެމްބަރު 2026 - 10:43
މިހާރުގެ ސަރުކާރަކީ މުރާލި ކަމެއް ނެތް ސަރުކާރެއް ކަމަށާއި، ރައްޔިތުންނާއި ގުޅުންހުންނަ އެއްވެސް ކަމެއްގައި ބަސް ބުނަންވެސް ފަސްޖެހޭ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ޝާހިދު އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވެވި ޕޯސްޓުގައި ބުނެފައިވަނީ މި ސަރުކާރުން ހަމައެކަނި ކުރަން އެނގޭހާވެސް ކަމަކީ ޙިޔާނާތްތެރިވުޔން ކަމަށާއި، ރައްޔިތުންނާއި ގުޅުންހުރި ކަމެއްގެ ވިސްނުމެއްވެސް ނެތް ކަމަށެވެ.
މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝާހިދު ވިދާޅުވެފައިވަނީ މިއަދު ދިވެހި ރައްޔިތުން ތިބީ ދަރަނިވެރިވެ، ބޯހާސްވެ، ޖީބު ފޫގޮސް، ނާއުއްމީދު ވެފައި ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު، ކޮންމެ ރައްޔިތަކަށް ވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭނޭ ފަދަ ފުދުންތެރި ޤައުމަކަށް މި ރާއްޖެ ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ރާއްޖޭގެ އުތުރުގެ ރަށްރަށަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވެލެއްވީ އުތުރަށް ބޭނުންވަނީ ގަނޑުބަޑު ނޫން ކަމަށެވެ. އަދި ވިދާޅުވީ އުތުރަށް ބޭނުންވަނީ ދުނިޔޭގައި މިއޮތް ސެވަން ޑިގްރީ ޗެނަލްގެ އައްސޭރީގައި މިވާ މުހިންމު ޞަރަޙައްދީ އިމުގެ އިޤްޞާދީ ނަފާވެރިކަން ކަމަށެވެ.
ޝާހިދު ވަނީ އުތުރަށް ބޭނުންވާ ތަރައްގީ ގެނސްދެއްވާނެ ކަމަށާއި، އެކަން ކުރެވިދާނެ މީހަކީ އެމަނިކުފާނު ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަބުދުﷲ ޝާހިދަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އިއުލާނުކުރައްވައި ކުރިއަށް އޮތް ރިޔާސީ ރޭހުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އިއުލާނުވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން މީރާއިން އަންގައިފި
ގަޑިއިރެއް ކުރިން

ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
ގަޑިއިރެއް ކުރިން

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބްރައީސް
2 ގަޑިއިރު ކުރިން

ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ފޮތްތަކަށް ބަދަލުތަކެއް ގެންނާނަން: އެޑިއުކޭޝަން މިނިސްޓަރ
2 ގަޑިއިރު ކުރިން


