logo

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބްރައީސް

profile

ރިޟްވާން މޫސާ - 12 ސެޕްޓެމްބަރު 2026 - 09:51

ޓީޗަރުންނަކީ ގައުމަށް ނުހަނު މުހިންމު ބައެއް ކަމަށާއި، ޒިންމާދާރުކަމާއެކު ޓީޗަރެއްގެ ދައުރު މި ޒަމާނުގެ އެއްވެސް ޓެކްނޮލޮޖީއަކަށް އަދާނުކުރެވޭނެ ކަމަށް ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެެއްޖެ އެވެ.

https://wamco.com.mv/

8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. އެމަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތައްފަދަ ހަރަކާތަތްކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވަމުންދާ މަސައްކަތުގައި މުހިންމު ހަރަކާތްތަކެއް ކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އެ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށެވެ.

އަދި ޓީޗަރުންވެސް ތަޢުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން ކަމަށާއި ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ކުދިންނަށް އެ ފުރުސަތުތައް ފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319