
ގްރޭޑް 1، 2 އަދި 3 ގެ ދަރިވަރުންގެ ފޮތްތަކަށް ބަދަލުތަކެއް ގެންނާނަން: އެޑިއުކޭޝަން މިނިސްޓަރ

ރިޟްވާން މޫސާ - 12 ސެޕްޓެމްބަރު 2026 - 09:49
އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ކީސްޓޭޖް އެކެއްގެ ދަރިވަރުންގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ޝަހީދު އަލީ ސްކޫލުގައި މިއަދު ކުރިއަށްދާ އިންޓަރނޭޝެނަލް ޓީޗާސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ރ. އިސްމާއިލް ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމަށް ބަދަލުތަކެއް ގެނައުމަށާއި، ތައުލީމީ ނިޒާމު ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ކީސްޓޭޖް އެކެއްގެ ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އެއީ ގްރޭޑް 1، 2 އަދި 3ގެ ދަރިވަރުންގެ ފޮތްތަކެވެ.
ތައުލީމީ ނިޒާމުގެ ތެރޭގައި ފޮތްކަަށް ގެންނަޖްހެެ ބަދަލުތަކާއި އެހެނިހެން ކަންކަން ކުރެއްވި ކަމުގައިވިނަމަވެސް މި ކަމުން އެދެވޭ ނަތީޖާއެއް ހާސިލްވާނީ ދަރިވަރުންންނަށް ކިޔަވައިދެއްވަންތިބޭ ޓީޗަރުންގެ ބުރަ މަސައްކަތްތަކުން ކަމަށާއި، ޓީޗަރުންގެ ދައުރު މިކަމުގައި ވަރަށްވެސް މުހިންމު ކަމުގައި މިނިސްޓަރ ފާހަގަކުރެއްވެވި އެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ކުރިން 30 ޕަސެންޓު ނުވަތަ 40 ޕަސެންޓުގައި އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު ހުރި ނަމަވެސް މިހާރު އެ އަދަދު 50 ޕަސެންޓަށް މަތި ކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ކިޔަވައިދެމުން އައި ފޮތްތައް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ. އެ ފަހުން ފޮތްތަކަށް ބަދަލު ގެންނަ މިއީ ފުރަތަމަ ފަހަރެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީކުރަން މީރާއިން އަންގައިފި
ގަޑިއިރެއް ކުރިން

މިއީ މުރާލި ކަމެއް ނެތް ސަރުކާރެއް: އަބްދުﷲ ޝާހިދު
2 ގަޑިއިރު ކުރިން

ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
2 ގަޑިއިރު ކުރިން

ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ: ނައިބްރައީސް
2 ގަޑިއިރު ކުރިން


