logo
ރައީއްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީއްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ގައުމީ ފުޓްސަލް ޓީމަށް ރައީސް މަރުހަބާ ދަންނަވައިފި

profile

ހަސަން ޝަމްއޫން - 24 ޖެނުއަރީ 2026 - 12:53

ސާފް ޗެމްޕިއަންޝިޕް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދިވެހިރާއްޖޭގެ ގައުމީ ފުޓްސަލް ޓީމަށް، ރައީއްސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.

https://wamco.com.mv/

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ފިރިހެން ޑިވިޝަންގައި ބޫޓާން އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލީގު ބުރުގައި ބާކީ އެއްމެޗު އޮއްވައި ދިވެހިރާއްޖެ އިން މުބާރާތުގެ ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ހަވީރު އެވެ.

މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ، ޤައުމުގެ މުސްތަޤްބަލަށް އުޖާލާކަމެއްކަން ފާހަގަކުރައްވައި ވަކީން ޚާއްޞަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަޚުރެއް ކަމުގައި ސިފަކުރައްވާފައި އެވެ.

" މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް. " ރައީސް ވިދާޅުވިއެވެ.

ރައީސް ގެ ޕޯސްޓުގައި ވަނީ ޤައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ތަކުރާރުކުރައްވާފައި އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay