logo
20 އަހަރުން ދަށުގެ ގައުމީ ޓީމު ސިލެކްޝަން ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

20 އަހަރުން ދަށުގެ ގައުމީ ޓީމު ސިލެކްޝަން ކުރިއަށްދަނީ.. ފޮޓޯ: ގާފު ސްޕޯޓްސް / ރީހާން

20 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށް މިއަދު އޯޕަން ސިލެކްޝަނެެއް ކުރިއަށް ގެންގޮސްފި

profile

ހަސަން ޝަމްއޫން - 31 ޖެނުއަރީ 2026 - 16:51

މި އަހަރު މާޗު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޒުވާން ގައުމީ ޓީމު އެކުލަވާލުމަށް އެފްއޭއެމް އިން މިއަދު އޯޕަންޑޭ ސިލެކްޝަން ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

https://wamco.com.mv/

އެގޮތުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި، މާލޭ ސަރަހައްދަށް ހުޅުވާލައިގެން އޯޕަންޑޭ ސިލެކްޝަން ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މިސެޝަނުގައި 150 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ވެސް ހިމެނޭއިރު، މިއަދުގެ ސެޝަން ހުޅުވާލެވިފައިވަނީ 2007، 2008 އަދި 2009 ގައި އުފަންވެފައިވާ ކުޅުންތެރިންނަށެވެ.

ދެކުނު އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރު ވަމުން އަންނަ އިރު، މި މުބާރާތުގައި ރާއްޖެ ލައްވާލީ ނޭޕާލާއި ބޫޓާން އަދި ސްރީ ލަންކާއާ އެކު ގުރޫޕް އޭގަ އެވެ.

ސާފްގެ ހަތް ގައުމު ވާދަކުރާ މިމުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay