logo

ރާއްޖޭގައި ބާނާ ކަންނެލި މަހަށް އެމްއެސްސީ ސެޓްފިކެޓް

profile

ރިޟްވާން މޫސާ - 24 މާރިޗު 2026 - 07:34

ރާއްޖޭގެ ރީނދޫ އުރަހަލީ ކަންނެލީގެ މަސްވެރިކަމަށް ސްޓެވާޑްޝިޕް ކައުންސިލް، އެމްއެސްސީ ސެޓްފިކެޓް ލިބިއްޖެއެވެ. އެކަން މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަން، އެމްއެސްޕީއީއޭއިން ވަނީ އިއުލާންކޮށްފައެވެ.

https://wamco.com.mv/

މި ސެޓްފިކެޓް މީގެ ކުރިން ދީފައި ވަނީ ރާއްޖޭގައި މަސްވެރިކަން ކުރާ ފަރާތްތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަމަށެވެ.

މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަންއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ކާމިޔާބީއެއް ހާސިލްކޮށްފައިވާކަމަށެވެ.

ރާއްޖޭގައި އާންމުކޮށް ކުރާ މަސްވެރިކަމުގެ ތެރޭގައި ހިމެނެނީ ދޮށީގެ މަސްވެރިކަމާއި، ބޮޑުކަންނެލީގެ މަސްވެރިކަމުގެ އިތުރުން ބޮޑު ކަންނެލިޣެ މަސްވެރިކަމަށް ނިސްބަތްވާ ރީނދޫ އުރަހަ ކަންނެނީލެ މަސްވެރިކަމެވެ.

މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށާއި، މަސްވެރިންނަށާއި މަސް ޕްރެސެސްކުރާ ސިނާއަތަށް، މިއީ ލިބިގެން ދިޔަ މުހިންމު ކާމިޔާބީއެއް ކަމަށެވެ

2021 ވަނަ އަހަރުން ފެށިގެން އެމްއެސްޕީއީއޭ އިން ވަނީ ކަންނެލީގެ މަސްވެރިކަން އިތުރަށް ހަރުދަނާކުރުމަށް "ފިޝަރީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް" (އެފްއައިޕީ) އެއް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކަށް ކޮންމެ ހަ މަހަކުން ކުރެވޭ އެސެސްމަންޓްތަކުގައި މެދުނުކެނޑި "A" ރޭޓިންގ (ބޮޑު ކުރިއެރުމެއް ހާސިލުކުރަމުންދާކަމުގެ ދަރަޖަ) ލިބިފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk