
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް
ސިޔާސީ ޕާޓީއެއް ހިންގަންވާ އުސޫލުތަކާއި އެއްގޮތަށް ހިންގަވާ ހަމައެކަނިވެރިއަކީ ރައީސް ޑރ މުއިއްޒު: ފަލާހް

މުޙައްމަދު ފަޟްލޫން - 09 ޖެނުއަރީ 2026 - 08:37
ސިޔާސީ ޕާޓީއެއް ހިންގަންވާ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ހިންގަވާ ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.
ޕީއެންސީ އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ފަލާހް ވިދާޅުވީ ޕީއެންސީއަށް ދުވަހެއް ދުވަހަށް މެމްބަރުން އިތުރުވަމުންދާ ކަމަކީ އެކަމާއި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި އުފާކުރައްވާ ކަމެއް ކަމަށެވެ. އެގޮތުން މިދިޔަ 25 ހަކަށް ދުވަސް ތެރޭގައި ޕީއެންސީއަށް ގާތްގަނޑަށް 5000 މެމްބަރުން އަލަށް ގުޅިގަޑައިގެންފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން 18 ވަރަކަށް އަހަރު ވެގެންދިޔައިރުވެސް ޕީއެންސީ އިން އިމާރާތްކުރި އޮފީސް ވަރުގެ އިމާރާތެއް އިތުރު އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ސިޔާސީ ހަރަކާތް ހިންގަން މިހާތަނަށް ބިނާކުރެވިފައިނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ އޮފީހާއި ޖަގަހަ އެއް ފުރާޅެއްގެ ދަށަށް ބަދަލުކުރެވިގެން ގޮސްފައިވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީގެ ބޮޑު ޖަލްސާ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުނު އިރު، ޕީއެންސީގެ އޮފީހާއި ޖަގަހަ ހިމެނޭ އިމާރާތް ފެންނަން ނެތް ކަމަށް ފަލާޙް ވިދާޅުވިއެވެ. ނަމަވެސް އެދުވަހުން ފެށިގެން މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އެވީ ކުރު މުއްދަތުގެ ތެރޭގައި ޕީއެންސީގެ ޖަގަހަ އާއި އޮފީސް އިމާރާތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާލެވުނީ ރައީސް ޑރ މުއިއްޒު އެކަމުގައި ދެއްވި ލަފަޔާއި އިރުޝާދާއި އެމަނިކުފާނުގެ ފުރިހަަމަ ބެއްލެވުމުގެ ދަށުން ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އެކަމަކީ ޕާޓީގެ މެމްބަރުންނަށް ރައީސް މުއިއްޒު ކުރައްވާ އިހްތިރާމާއި އެއްތަނެއްގައި ޕާޓީގެ ހަރަކާތްތައް ހިންގައި އެރޫހު އާލާކޮށް ދިރުވުމުގެ އަލިގަދަ ހެއްކެއް ކަމަށް ފަލާހް ވިދާޅުވިއެވެ.
ޕީއެންސީއާއި ގިނަ އަދަދެއްގެ މެމްބަރުން ގުޅުމުގެ އަސްލަކީ ރާއްޖޭގެ ވެރިކަމާއި ރައީސް ޑރ މުއިއްޒު ހަވާލުވެ ވަޑައިގަތުމަށްފަހު ރާއްޖެއަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކާއި ތަރައްގީ އާއި ރާއްޖޭގައި ހަލާކުވެފައިވާ އެކި އެކި ދާއިރާތައް އާރާސްތުކުރައްވައި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މިގައުމުގެ ވެރިކަން ބައްޓަން ކުރައްވަމުން ގެންދެވުމުގެ ނަތީޖާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ގިނަ ރައްޔިތުން ޕީއެންސީ އާއި ގުޅެނީ ރައީސް ޑރ މުއިއްޒުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާތީ ކަމަށް ފަލާހް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ފަލާހް ވަނީ ކާމިޔާބީ އަށް އެދިވަޑައިގެންފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ87 އިންސައްތަ ނިމިއްޖެ
9 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ރީ - އެމްޕްލޯއިމަންޓު ބިލް: އިސްރަށްވެހިންގެ ނަފްސަނީ ދުޅަހެޔޮކަމަށް އެޅުނު މުހިންމު ފިޔަވަޅެއް
14 ގަޑިއިރު ކުރިން

އަނެއްކާ ވެސް ފަސް ތަނެއް ފާސްކޮށް 8 ބިދޭސީއަކު އަތުލައިގެންފި
14 ގަޑިއިރު ކުރިން

ޖީޕީ ކްލިނިކެއް ހެންވޭރުގައި އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
14 ގަޑިއިރު ކުރިން


