logo

ފުލުހުންގެ މަސައްކަތައް ހުރަސްއަޅާ ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި

profile

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 19:17

މާލޭގައި ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ގްރޫޕް ހަދައިގެން ތިބި ބަޔަކު ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރިގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި އިންޒާރުދީ، ފުލުހަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ފުވައްމުލަށް މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން ،22، އާއި ފުވައްމުލަށް ފުނާޑު، ނަމަން، ނާފިއު އިބްރާހިމް ،30 އާއި ގދ، ވާދޫ، އިރާކުވިލާ މުހައްމަދު ލުވޭޒު ،19، އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރަޒީންގެ ބަންދަށް 5 ދުވަސް، ނާފިއުގެ ބަންދަށް ދެ ދުވަސް އަދި ލުވޭޒުގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި އެންމެންނަކީ ވެސް ޖިނާއީ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން ބުނެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay