logo

އެކަނި ކުދިންބަލާ ފަރާތްތަކުގެ އިނާޔަތް 1000ރ. އިން 3000ރ. އަށް ބޮޑުކޮށްފި

profile

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 17:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

https://wamco.com.mv/

މި ބަދަލު ގެނައުމުގެ ގޮތުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އަދި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރަމުން އައީ މަހަކު 10,000 ރުފިޔާއެވެ. ނަމަވެސް، މިއަދު ގެނެވުނު އާ އިސްލާހާއެކު، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. އެގޮތުން ހަތަރު ކުދިން ތިބޭ އެކަނި ކުދިން ބަލާފަރާތަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް ދެން ލިބޭނެއެވެ.

މީގެ އިތުރުން، ހަތަރު ކުދިންނަށްވުރެ ގިނައިން ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭނެއެވެ. އެ ގޮތުން ލިބޭ އެލްވެންސް ލިބޭނީ 15,000 ރުފިޔާއާ ހަަމައަށެވެ.

އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރުމަހު އިއުލާން ކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay