
ކަނޑުމަގުން އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޝަހްޒާ މުޙައްމަދު - 25 ޑިސެމްބަރު 2025 - 19:15
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އެނގިފައިވާ ގޮތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ މިތަކެތި ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ. މި ތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ، ޗޮކްލެޓް ސިރަޕް ފުޅިތަކަކަށް އަޅައިގެންނެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި އެމްޕީއެލް ބަނދަރުން އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާއަށްވުރެ އިތުރުވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ މަސައްކަތައް ހުރަސްއަޅާ ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

އެކަނި ކުދިންބަލާ ފަރާތްތަކުގެ އިނާޔަތް 1000ރ. އިން 3000ރ. އަށް ބޮޑުކޮށްފި
4 ގަޑިއިރު ކުރިން

ބަންކަރިންގެ ހިދުމަތް ފެށިފަހުން މިހާތަނަށް 282 މިލިއަން ރުފިޔާގެ އަމްދަނީއެއް ލިބިއްޖެ
6 ގަޑިއިރު ކުރިން

އެއް އަހަރު ވެފައިވާ މީޑިއާތަކަށް އެހީ ލިބޭގޮތަށް އުސޫލު ބަދަލުކޮށްފި
7 ގަޑިއިރު ކުރިން


