
އިންޑިއާގައި ޖުވާ ސައިޓްތައް މަނާކޮށްފި

މުޙައްމަދު ފަޟްލޫން - 24 އޯގަސްޓު 2025 - 06:07
އަހަރަކު 2.3 ބިލިއަން ޑޮލަރު ގެއްލުންވާތީ އިންޑިއާގައި ޖުވާކުޅޭ ސައިޓްތައް ރަސްމީކޮށް މަނާކޮށްފިއެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ އާއި ތިރިގެއިން ފާސްކޮށްފައިވާ އައު ގާނޫނުގެ ސަބަބުން ޕޮކަރ ކާޑް ކުޅުމާއި ޕޯކަރ އަދި ފެންޓަސީ ސްޕޯޓްސް ހިމެނޭހެން އިންޑިއާގައި މަގްބޫލު ކްރިކެޓް އަދި ސްޕޯޓްސް ބެޓް އެޕްތަކަމަށް އަސަރުތައް ކުރާނެއެވެ.
ޕްރޮމޯޝަން އެންޑް ރެގިއުލޭޝަން އޮފް އޮންލައިން ގޭމްބްލިންގ ބިލްގެ ދަށުން އޮންލައިންކޮށް ޖުވާ ކުޅޭ ޕްލެޓްފޯމްތައް ޕްރޮމޯޓްކުރުމާއި، ފައިނޭންސް ކުރުމާއި ހިންގުމަކީ ކުށެކެވެ.
މި ގާނޫނުގެ ދަށުން 5 އަހަރާއި ހަމައަށް މިކުށް ކުރާ މީހުން ޖަލަށް ލެވިދާނެ ކަމަށް ބުނެފައެވެ.
އިންޑިއާ ސަރުކާރުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާބާދީގެ ތިންބައިކުޅަ އެއްބަޔަށް ވަނީ ޖުވާ ކުޅުމުގެ ސަބަބުން މާލީ ގެއްލުންތަކެއް ކުރިމަތިވެފައެވެ.
ބިލުން ޖުވާ ޕްލެޓްފޯމްތައް މަނާކުރި ނަމަވެސް އީ ސްޕޯޓްސް އަދި ތައުލީމީ ގޭމްތައް އިސްތިސްނާ ކޮށްފައެވެ.
އިންޑިއާގެ ގޭމިންގ އިންޑަސްޓްރީއަކީ ވަރަށް ބޮޑަށް ކުރިއަރާފައިވާ ދާއިރާއެކެވެ. އެހެންކަމުން ގިނަ އިންޑަސްޓްރީ ގްރޫޕްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓްކޮށް ޓެސްޓް ކުރަން ގޮވާލާފައިވީ ނަމަވެސް މިގާނޫނުތަކަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޖުވާ އެޕްތައް ހިންގުމުގައި އިގްތިސާދީ ފައިދާ ވި ނަމަވެސް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންލައިންކޮށް ޖުވާ ކުޅޭ އެޕްތައް ބޭނުންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


