
އެލްޖީއޭ ބޯޑުގެ އިންތިޚާބު: ދާއިމީ ނަތީޖާ އިއުލާނުކޮށްފި!

ރިޟްވާން މޫސާ - 03 ނޮވެމްބަރު 2026 - 10:00
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާންކޮށް ދެ ބޯޑުމެންބަރުން އިންތިޙާބުކޮށްފި އެވެ.
ބޯޑު މެންބަރަކަށް ވުމަށް ހުޅުވާލި ފުރުސަތުގައި މި ދެމަގާމުވެސް ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކާމިޔާބުކޮށްފަ އެވެ.
އެލްޖީއޭއިން މިއަދު އިޢުލާންކުރި ދާއިމީ ނަތީޖާއިން ދައްކާގޮތުގައި، ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރަން ޖެހެނީ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އައިޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެކެވެ.
ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މަޤާމު ޕީއެންސީގެ ކެންޑިޑޭޓް ފ.ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު ކާމިޔާބުކުރައްވާފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ޕީއެންސީގެ ކެންޑިޑޭޓް ށ.ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ މަރިޔަމް ޒީނާއެވެ.
މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ފަރާތުން ބޯޑު މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިފަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ބަލަހައްޓާ މައި އިދާރާ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރިޕީޓްކުރި ދަރިވަރާ މެދު އެޑިއުކޭޝަން މިނިސްޓްރީން އަލުން ގޮތެއް ނިންމަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
8 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަބުދުﷲ ޝާހިދު ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން

3 ނޮވެމްބަރު 1988 – ތާރީޚުގެ ހިތި ހަނދާންތަކުން މިއަދަށް ލިބޭ ފިލާވަޅުތައް
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
ހެބްރޯންގައި ހިންގި އަސްކަރީ އޮޕަރޭޝަން ނިންމާލުމަށްފަހު، އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން ފައިބައިފި
ދުވަހެއް ކުރިން


