
މީހަކު ގެއަކަށް ވައްދައި އަނިޔާކޮށް ފޭރުނު މައްސަލައިގައި 3 މީހަކަށް ދައުވާކޮށްފި

މަރްޔަމް އުމްނާ އިސްމާޢީލް - 09 އޮކްޓޯބަރު 2024 - 05:56
މާލޭ ގެއަކަށް މީހަކު ވައްދައި އަނިޔާކޮށް ފޭރުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ދައުވާ އުފުލާފައިވަނީ، މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ވަގުތެއްގައި ދިލްބަހާރުމަގު މއ. މަސްފަންގެ ކައިރީގައި ހުރި މީހަކަށް ގޮވައި އޭނާ އެ ގެއަށް ވައްދައި ވަޅިން ބިރު ދައްކައި އޮރިޔާންކޮށް އަނިޔާކޮށް އޭނާގެ ފޯނު އަތުލައި އޭނާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް، އޭނާގެ ކޭޝްކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައިގައެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މއ. މަސްފެން މުޙައްމަދު ރީހާން، މއ. މަސްފެން، ޢާއިޝަތުގެ އިތުރުން ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ކުށުގެ ދައުވާއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި
35 މިނިޓު ކުރިން

ވިއްސާރައިގައި ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުންތަކެއް!
ގަޑިއިރެއް ކުރިން

ސިނަމާލެ ބުރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންގައި މީހަކަށް އަނިޔާވެ ފަރުވާދެނީ
ގަޑިއިރެއް ކުރިން

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ މިސްރާބު: ގޮންޖެހުންތަކާއި އިސްލާހީ ފިޔަވަޅުތައް!
ދުވަހެއް ކުރިން


