logo

ސެންޓަރެއްގައި ރަޖިސްޓަރީނުވެ، ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ދެން ނުލިބޭނެ!

profile

ޒިދާން މުޙައްމަދު - 21 ސެޕްޓެމްބަރު 2024 - 12:30

މީހަކު ޓެކްސީއަކަށް އަރަނީ ..

މީހަކު ޓެކްސީއަކަށް އަރަނީ ..

ސެންޓަރެއްގައި ރަޖިސްޓަރީނުވެ، ޓެކްސީގެ ޚިދުމަތް ދިނުމުގެ ހުއްދަ ނުލިބޭ ގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

މީގެ ދެ އަހަރު ކުރިން ޓެކްސީ ގަވައިދަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން، ޕްރައިވެޓް ހަޔާގެ ދަށުން ޓެކްސީ ސެންޓަރެއްގައި ރެޖިސްޓްރީ ކުރުމެއް ނެތިވެސް ޓެކްސީ ހިދުމަތް ދެވޭނެއެވެ.

2022 ވަނަ އަހަރުން ފެށިގެން އެ ގޮތަށް އަމަލުކުރަމުން އައި ނަމަވެސް، މިދިޔަ ހަފުތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓުކުރި ޓެކްސީ ގަވާއިދަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން މީގެ ފަހުން ކާރު ޓެކްސީ ލައިސަންސް ދޫކުރަން ހަމަޖެހިފައިވަނީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދުތަކަށް އެކަންޏެވެ.

އަދި، ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަން އަންގަައިދޭ ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ޓްރާންސްޕޯޓުން ބުނީ، އައު އިސްލާހަށް އަމަލު ކުރަން ފެށުމާ އެކު ކުރިން އަމަލު ކުރަމުން އައި އިސްލާހު އުވިގެން ދާނެ ކަމަށެވެ.

ޓެކްސީ ގަވާއިދުގައިވާ ގޮތުންނަމަ، ޓެކްސީ ކުރާ އުޅަނދުގައި “TAXI” މިގޮތަށް ލިޔެފައިވާ ބޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާފައިވާ ގޮތަށް ދިއްލޭ ގޮތަށް ޓެކްސީގެ ކުރިމަތިން ފެންނަން ހުންނަ ގޮތަށް ހަރުކޮށްފައި ހުންނަން ވާނެއެވެ. އަދި އެ އުޅަނދަކީ އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ހަތަރު ފުރޮޅުލީ ޖާގައިގެ ގޮތުން ތަނަވަސް ޑިކީ ހުރި ކާރު ކަމުގައި ވެސް ވާން ޖެހެއެވެ.

2017 ވަނަ އަހަރު ވަނީ ސައިކަލް ޓެކްސީވެސް ތައާރަފްކޮށް އެޚިދުމަތް ލިބޭނޭގޮތް ހަދާފައެވެ.

tel:+9607331319