logo
---

---

ފުވައްމުލަކުގައި 400 ފްލެޓް އަޅަން ހަވާލުކޮށްފި

profile

އަހުމަދު ޒަލީފު - 07 އޯގަސްޓު 2023 - 18:12

މި ސަރުކާރުން ފުވައްމުލަކުގައި އިމާރާތްކުރަން އިއުލާންކުރި 400 ފްލެޓްގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

https://wamco.com.mv/

ހައުސިން މިނިސްޓްރީން ބުނީ އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މަޝްރޫއު ހަވާލުކުރީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ޕްލެކްސްއިންކްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރިއިރު، މިއީ 469،787،688 ރުފިޔާގެ މަޝްރޫއެކެވެ. އަދި އެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައި ވަނީ 540 ދުވަހުގެ މުއްދަތެވެ.

ޕްލޭނިންގ މިނިސްޓްރީން ދިން މައުލޫމާތަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން 1000 އަކަފޫޓުގެ، 3 ކޮޓަރިއާއި 3 ފާހަނާ ހިމެނޭ 400 ފްލެޓް އިމާރާތް ކުރާނެއެވެ.

ފުވައްމުލައް ސިޓީގައި މީގެ ކުރިން 200 ފްލެޓް އަޅާފައި ވެއެވެ. އެ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk