logo
ޒަކާތް ބަލައިގަންނަނީ

ޒަކާތް ބަލައިގަންނަނީ

ޒަކާތު ފަންޑުން ކެންސަރު ފަރުވާ އަށް ބޮޑު އެހީއެއް

profile

އަހުމަދު ޒަލީފު - 26 މޭ 2024 - 13:52

މިދިޔަ މަހު ޒަކާތު ފަންޑުން އެންމެ ގިނަ ފައިސާ ހޭދަކޮށްފައި ވަނީ ކެންސަރު އެހީއަށް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޒަކާތު ފަންޑުން އެހީ ދީފައި ވަނީ މައިގަނޑު ހަ ކަމަކަށެވެ. އެއީ ކެންސަރާއި ހިތުގެ އޮޕްރޭޝަންތަކަށާއި ސިކުނޑީގެ އޮޕްރޭޝަނަށާއި ނިއުމޯނިއާ އަދި ހަށިގަނޑުން ބައެއް ފިހުމުގެ އިތުރަށް އެހެނިހެން ބަލިކަތަށް ކަމަށެވެ. އެގޮތުން ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި:

ކެންސަރު: 373،175.00 ރުފިޔާ
ސިކުނޑީގެ އޮޕްރޭޝަން: 25،443.00 ރުފިޔާ
ހިތުގެ އޮޕްރޭޝަން: 106،012.50 ރުފިޔާ
ނިއުމޯނިއާ: 100،000.00 ރުފިޔާ
ހަށިގަނޑުން ބައެއް ފިހުން: 165،446.25 ރުފިޔާ

އެހެނިހެން ބަލިތަކަށް މި ފަންޑުން 731،293.50 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

މިދިޔަ މަހު ޒަކާތު ފަންޑުން އެހީ ދޫކޮށްފައި ވަނީ 168 މީހަކަށެވެ. އެހީގެ ގޮތުގައި ޖުމުލަ 1،501،370.75 ރުފިޔާ ހަމަޖައްސާފައި ވެއެވެ. އެހީގެ ގޮތުގައި ޚަރަދުކޮށްފައި ވަނީ 506،501.00 ރުފިޔާ އެވެ.

ޒަކާތު ހައުސް އުފެއްދެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ގަ އެވެ. އަދި އެތަން ރަސްމީކޮށް އިފުތިތާހުކުރީ ޖެނުއަރީ 2 ގަ އެވެ.

https://wamco.com.mv/
tel:+9607331319