
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އާއި ރަޖަބް ޠައްޔިބު އުރްދުޣާން
ރާއްޖެ އާއި ތުރުކީގެ ގުޅުމަކީ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއް: ރައީސް

އައިޝަތު އިނާޝާ - 29 އޮކްޓޯބަރު 2024 - 11:48
ދިވެހިރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތުރުކީވިލާތުގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ފޮނުއްވި މެސެޖުގައި ވަނީ، ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއްކަން ފާހަގަކުރައްވައި، ދެ ޤައުމުގެ 45 އަހަރުވީ ޚާރިޖީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޖޯގްރަފީ ގޮތުން ދެ ޤައުމުގެ ދެމެދުގައިވާ ރާސްތާ ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަންސަތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ފުރާފުރިހަމަވަމުން ދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރައީސް އުރްދުޣާނަށް ފުރިހަމަ ސިއްޙަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް
8 ގަޑިއިރު ކުރިން

އަޅުގަނޑު އެދެނީ ދިވެހިން އިސްލާމްދީނަށް ތެދުވެރި ބައެއްގެ ގޮތުގައި ތިބުން: ރައީސް މައުމޫން
11 ގަޑިއިރު ކުރިން

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދެނީ
11 ގަޑިއިރު ކުރިން

ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއް: ރައީސް
12 ގަޑިއިރު ކުރިން


