
އަޅުގަނޑު އެދެނީ ދިވެހިން އިސްލާމްދީނަށް ތެދުވެރި ބައެއްގެ ގޮތުގައި ތިބުން: ރައީސް މައުމޫން

ރިޟްވާން މޫސާ - 13 ސެޕްޓެމްބަރު 2026 - 09:56
އަބަދުވެސް އެދެނީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ވަފާތެރި ތެދުވެރި އިޙްލާސްތެރި ބައެއްގެ ގޮތުގައި ދިވެހިން ތިބުން ކަމަށް އިސްލާމީ ވަހުދަތު ރާއްޖެއަށް ގެނެސްދިނުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ކުރީގެ ރައީސް އަލް އުސްތާޒް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ ޙިތާބުގައި ރައީސް މައުމޫން ވިދާޅުވީ ދިވެހިން އިސްލާމްދީނުގެ މަތިވެރި ސާބިތުކަން މަތީގައި އަދިވެސް މި ގޮތުގައި ތިއްބެވުމަކީ ލިބިގެންދާ ވަރަށް ބޮޑު ފަޙުރެއް ކަމަށެވެ.
އިސްލާމްވީ ދުވަހަކީ މުހިންމު އަދި ހަނދާން އާކުރައްވަންޖެހޭ ދުވަހެއްކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ވޭތުވެދިޔަ މާޒީގައި ކާބަފައިން ދެއްކެވި ފިލާވަޅުގެ މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖެއަށް ތަފާތު އެކި ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކާބަފައިން އިސްލާމްދީން ދޫކޮށްނުލައްވައި އެއްވެސް ލޮޅުމެއް އެރިޔަނުދީ ވަރަށް ސާބިތުކަމާއެކު ދީނުގައި ހިފެހެއްޓެވި ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް އެންމެހައި ދިވެހި ރައްޔިތުން ކާބަފައިން ފަދައިން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައާއި އެ ދީނުގެ ޚިދުމަތުގައި ސާބިތުވެ ތިބުމަށް އެދިވަޑައިގެން މައުމޫން ވަނީ އިލްތިމާސްކުރައްވައިފައެވެ.
ރައީސް މައުމޫންގެ މެސެޖު ނިންމާލައްފާއި ވަނީ ހުރިހައި ދިވެހި ރައްޔިތުންނަށް ވެސް ރާއްޖެ އިސްލާމް ވި ދުވަހުގެ ހެޔޮ ތަހުނިޔާ އަރިސްކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް
8 ގަޑިއިރު ކުރިން

އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ލޯނުތައް އިސްލާމިކް ބޭންކިންގ އުސޫލުން ފޯރުކޮށްދެނީ
11 ގަޑިއިރު ކުރިން

ދިވެހިންނަށް ލިބުނު އިސްލާމީ ޙިދާޔަތަކީ ދެ ދުނިޔޭގެ ޙަޔާތަށް މާތްﷲ ދެއްވި ރަޙުމަތެއް: ރައީސް
12 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި
14 ގަޑިއިރު ކުރިން


