logo

އިޖުތިމާއީ ފަސާދައިގެ ހުރިހައި ކަމަކުން އެއްކިބާވެ ތިބެންޖެހޭ: ރައީސް

profile

ރިޟްވާން މޫސާ - 13 ސެޕްޓެމްބަރު 2026 - 12:35

އިޖުތިމާއީ ފަސާދަ އާއި ހުރިހައި ނުބައިކަމަކުން ވެސް ސަލާމަތްވެ ތިބެންޖެހޭ ހެޔޮ ގޮތްގަބޫލުކުރާ ބަޔަކަށް ދިވެހިން ވުމަކީ ލިބިގެންދާނެ އެންމެ ބޮޑު އެއް ހިންހަމަޖެހުންކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރާއްޖެ އިސްލާމްތިތާ 9 ގަރުނު ފުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ވަރަށްގިނަ ގޮތްގޮތަށް މުޖުތަމައުގައި ހުރި މައްސަލަތަކާއި އެމައްސަލަ ތަކުގެ ހައްލު ގެނެސްދެވޭނެ ފަދަ ގޮތަކަށް އިބުރަތްތެރި ވާހަކަފުޅެއް ދައްކަވާފަ އެވެ.

undefined

ބުއްދީގެ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބުއްދިއަށް ވިސްނުމަށް އެއްވެސް ލޮޅުމެއް އެރިޔަ ނުދިނުމަށް އިސްލާމްދީން ފުރިހަމަ އަށް ބާރުއަޅާ ކަމަށާއި، އެހެން ކަމުން މަސްތުވުމާއި މަސްތުވާތަކެތި ބޭނުން ކުރުމަށް ދީނުގައި މަނާވެގެންވާ ކަމަށެވެ. ރައީސް ވިދާޅުވީ މަސްތުވުން އިސްލާމްދީނުގައި މަނާވެގެންވަނީ އެކަމުގެ ސަބަބުން މަސްތުވުމާއެކު އެހެން ނުބައި ކަންކަމަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް ސާފުކޮށްދީނުގައި ބަޔާންކޮށްފައިވާތީ ކަމަށެވެ.

undefined

ރައީސް ވިދާޅުވީ ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޙްލާގަށް އަންނާނެ ބަދަލެއް ނޫން ކަމަށާއި، މުދާ ފޭރުމަކީ ހަމައެކަނި ވަގުތީ ގޮތަކަށް އުފެދޭ ބިތރުވެރިކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަން އިޝާރާތް ކުރަނީ އެއަށްވުރެ މާ ހިތާމަވެރި މާ ނުރައްކާ އިޖުތިމާއީ ގައުމީ ހާލަތަކަށް ކަމަށެވެ. އެއީ ބައެއްގެ ތެރޭގައި އިންސާނީ ވަންތަކަން އަނދައި ހުލިވެ އަޅިއަށްވެފައިވާ މިންވަރުގެ ނަތީޖާ ކަމަށެވެ. އަދި އެފަދަ ތަނެއްގައި އެއްވެސް އަމާން ކަމެއް ރައްކާތެރިކަމެއް ނޯންނާނެ ކަމަށެވެ. އަދި އުފާވެރިކަމެއް ހިތްތަކުގެ ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ.

undefined

ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ މީގެ ކުރީގެ މާޒީއަށް ބަލާއިރު ގޭގޭގެ ދޮރު ތަޅުލާން ނުޖެހޭ ކަމަށާއި، އޭރު ބައެއް ރަށްރަށުން ފިހާރައިން އެއްޗެތި ގަންނަން އަންނަ މީހާއަށް ފިހާރައިގެ ތަނޅުދަނޑި ދިއްކޮށްލެވޭ ކަމަށާއި، މިއީ ދިވެހިންގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާނެ ހަގީގަތް ކަމަށެވެ. އަދި ވިދާޅުވީ މިއީ ދިވެހިން ދެކެފައިވާ އިސްލާމީ އިތުބާރު ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދު ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުފައިވާއިރު މިއަދު ދިވެހިން ތިބީ ކޮން ހާލަތެއްގައިތޯ ވިސްނާލުން މުހިންމު ކަމަށެވެ. އިސްލާމީ ރިވެތި އުސޫލު އަށަގެންނެވުމަށް އެންމެންވެސް ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ އީމާން ކަމަށާއި، ތެދުވެރިކަން އިސްކުރުން ކަމަށެވެ.

undefined

ރައީސް ވިދާޅުވީ އިސްލާމްދީނުގެ އުސޫލުތަކާއި ހަމަތަކާއި އެއްގޮތަށް ކަންކަން ކޔރަމުންދާނަމަ މިއަދު ދިވެހިންނަކީ ވެސް އެކަކު އަނެކަކަށް ހިތް ހެޔޮ އެއްހަށުގަނޑެއްފަދަ ގުޅުންތެރި ބަޔަކަށް ކަމަށެވެ. އަދި އެކެއްގެ އިހުސާސުގައި އަނެކަކު ބައިވެރިވާ އިހުސާނބްތެރި ބަޔަކަށް ކަމަށެވެ.

https://wamco.com.mv/
tel:+9607331319