
ވިސާ އާއި ނުލާ ދިވެހިންނަށް 30 ދުވަހު ތައިލެންޑްގައި ތިބެވޭގޮތް ހަދައިފި

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 06:43
ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.
މި އަހަރުގެ މެއި މަހުގެ 19 ގެ ކުރިން ތައިލެންޑުގެ ކެބިނެޓުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލުތަކުގެ ތެރޭގައި، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުރުކުރުމަށް ނިންމިއެވެ. އެ ނިންމުމާއެކު، ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުޑަވެގެންދިޔައެވެ.
ނަމަވެސް، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ތައިލެންޑުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްކެޓްކޭއޯ އާއެކު ފޯނުން ގުޅުއްވައި މި މައްސަލައާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި މަޝްވަރާތަކަށްފަހު، ޖުލައި މަހުގެ 14 ގައި ތައިލެންޑުގެ ކެބިނެޓުން ވަނީ އެގައުމުގެ ވިސާ ޕޮލިސީ މުރާޖައާކޮށް، ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ނިންމާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ، ތައިލެންޑް ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީއަށް ގެނައި މި ބަދަލުތައް މިދިޔަ ހޯމަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ ކަމަށެވެ.
ސެޕްޓެމްބަރު މަހުގެ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމާއެކު، ފަތުރުވެރިންގެ ގޮތުގައި ތައިލެންޑަށް ޒިޔާރަތްކުރާ ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލައް ސިޓީގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
15 ގަޑިއިރު ކުރިން

ކައުންސިލް ތަކުގެ މުއައްޒަފުން އެހެން ރަށްރަށުގައި ތިބިގެން މަސައްކަތްކުރެވޭ ގޮތް ހަދައިފި
15 ގަޑިއިރު ކުރިން

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން

އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް 155،700 ރުފިޔާ ދައްކަން ކޯޓުން އަމުރުކޮށްފި
17 ގަޑިއިރު ކުރިން


