
އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝިއުރީ
އެމްއެމްޕީއާރްސީގެ ހިންގުމުގެ ހަރަދު 10 އިންސައްތަ ކުޑަކޮށްފި

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2025 - 18:57
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިންގުމުގެ ޚަރަދުތައް 10 އިންސައްތަ ކުޑަކޮށްފިއެވެ.
އެމްއެމްޕީއަރުސީއިން މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ނެރެފައިވާ ރިޕޯޓަކާއި ގުޅިގެން އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
މަޖިލީހުން އާއްމުކުރި ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ދަރަނި ބޮޑުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެމްއެމްޕީއާރުސީގެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، އެ ކޯޕަރޭޝަނުގެ މާލީ ގެއްލުމުގެ މައިގަނޑު ސަބަބަކީ ކުރީގެ ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ޖަމާވެފައިވާ މާލީ ގެއްލުންތައް ކަމަށެވެ.އެގޮތުން 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޖުމްލަ 203,891,026 ރުފިޔާގެ މާލީ ގެއްލުމެއް ކޯޕަރޭޝަނަށް ލިބިފައިވާކަން އެ ބަޔާނުގައި ބުނެފައިވެއެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރު އެކަނި ވެސް 141,977,908 ރުފިޔާގެ ގެއްލުމެއް ވަނީ ލިބިފައެވެ.
އެމްއެމްޕީއާރުސީން ބުނެފައިވަނީ، މި ކަންބޮޑުވުންތަކަށް ސީރިއަސްކޮށް ބަލައިގަނެ، ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީވަމުން ގެންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޕޯޓު ބިނާވެފައިވަނީ ފާއިތުވި ހަ އަހަރުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށްވާއިރު، މިހާރު އެ ކޯޕަރޭޝަނުގެ މަސައްކަތްތައް ހިންގުން އިޞްލާޙުކޮށް، ހަރުދަނާކޮށް، ރަނގަޅު މަގަކަށް ވާސިލުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް ބުނެފައިވެއެވެ.އެގޮތުން މާލީ ގޮތުން ބަލާއިރު، މިހާރު ހިނގަމުންދާ ޚަރަދުތައް 10 އިންސައްތަ ކުޑަކުރެވިފައިވާ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
މީގެ ތެރޭގައި، ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަރޝިޕްތަކުގެ ފުރިހަމަ އެސެސްމެންޓެއް ހަދައި، ޕާފޯމަންސް ރިވިއުގެ މައްޗަށް ބިނާކޮށް ޕީ.އާރ އެޖެންސީތަކުގެ ޢަދަދު 21 އިން ހަޔަކަށް ކުޑަކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.މި މަސައްކަތުގެ ސަބަބުން އެކަނި ވެސް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިދިޔަ ޖޫންމަހު އޮޑިޓަރ ޖެނެރަލް ނެރުއްވި 2024 އަހަރުގެ އެމްއެމްޕީއާރުސީގެ ރިޕޯޓްގައި އެކުންފުނީގެ ޖުމްލަ ދަރަނި 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. އެގޮތުން އެމްއެމްޕީއާރުސީން 2013 ވަނަ އަހަރާއި 2015 ވަނަ އަހަރާ ދެމެދު ރިސޯޓް ހެދުމަށް ފަޅުރަށްތައް ވިއްކައިގެން ލިބުނު ފައިސާއިން ޓޫރިޒަމް މިނިސްޓްރީއަށް މިހާރުވެސް ދޭންޖެހޭ އަދަދު 1.5 ބިލިއަން ރުފިޔާއަށްވުރެ ބޮޑެވެ. މީގެ އިތުރުން އެމްޕީއެލުން 2020 ވަނަ އަހަރު ނެގި 85 މިލިއަން މިލިއަން ރުފިޔާގެ ލޯނު އޮތްއިރު، އެ ލޯނުގެ އިންޓްރެސްޓް ރޭޓް އުޅެނީ އަހަރަކަށް 4.60 އިންސައްތައިގެ ރޭޓްގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން