
އަނެއްކާ ވެސް މަސާޖް ޕާލާތަކަކުން ބަޔަކު ހައްޔަރުކޮށްފި

ޝަހްޒާ މުޙައްމަދު - 11 ޑިސެމްބަރު 2025 - 11:15
މާލޭގައި ހިންގަމުންދާ މަސާޖް ޕާލާތަކަކުން އަނެއްކާ ވެސް ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނާއި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސް ކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުން ދިޔަ ހަތަރު މަސާޖު ޕާލާއެއް އިއްޔެ ބަލައިފާސްކޮށްފައިވެ އެވެ. އަދި އެތަންތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އެ މީހުން ވިޔަފާރި ހިންގަމުން ދިޔަ ތަންތަނުގެ ވިޔަފާރި އިކޮނޮމިކް މިނިސްޓްރީން ވަނީ ވަގުތުން ހުއްޓުވާފަ އެވެ.
އިއްޔެ ރޭ ވެސް މާލޭގެ ހަތަރު މަސާޖް ޕާލާއަކުން ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ. އިމިގްރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި މި ހަތަރު ތަނުގައި ހިންގަމުންދިޔަ ވިޔަފާރިތަށް ނޯޓިސްއާއި އެކު ހުއްޓުވުމުގެ ފިޔަވަޅު ތައް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއިން ވަނީ އަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

48 ގަޑިއިރަށް ކުރިއަށްދާ ޔޫތް ހެކަތޯން ފަށައިފި
7 ގަޑިއިރު ކުރިން

ލޯއާކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
9 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
"ދަރިވަރުތޯ ނުވަތަ ޓީޗަރުތޯ" ކުރާ ބަހުސް! ....އަދިވެސް ސީރިއަސް ވާކަށް ނުވޭތަ؟
9 ގަޑިއިރު ކުރިން

ސަސްޓެއިނަބަލް ޓައުންޝިޕްގެ ފުރަތަމަ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފި
10 ގަޑިއިރު ކުރިން


