
48 ގަޑިއިރަށް ކުރިއަށްދާ ޔޫތް ހެކަތޯން ފަށައިފި

ޝަހްޒާ މުޙައްމަދު - 11 ޑިސެމްބަރު 2025 - 17:21
ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެންން ބާއްވާ ޔޫތު ހެކަތޯން 2025 ފަށައިފިއެވެ.
މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ.
ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ، ހުށަހެޅުންތައް ހުށައަޅާނެއެވެ.
މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ޔޫތް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ހެކަތޯންގެ ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.
ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ހެކަތޯން ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ގުޅުން ހުރި ޙަބަރުތައް

ލޯއާކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
9 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
"ދަރިވަރުތޯ ނުވަތަ ޓީޗަރުތޯ" ކުރާ ބަހުސް! ....އަދިވެސް ސީރިއަސް ވާކަށް ނުވޭތަ؟
10 ގަޑިއިރު ކުރިން

ސަސްޓެއިނަބަލް ޓައުންޝިޕްގެ ފުރަތަމަ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްފި
11 ގަޑިއިރު ކުރިން

ހައްޖު، އުމްރާ ކޮންފަރެންސް ފަށައިފި
13 ގަޑިއިރު ކުރިން


