logo

ލޯއާކާ ބްރޭންޑްގެ 100 އަހަރު ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ

profile

ޝަހްޒާ މުޙައްމަދު - 11 ޑިސެމްބަރު 2025 - 15:48

ރާއްޖޭގައި، ލޯއާކާ (Loacker) ބްރޭންޑްގެ ރަސްމީ ޑިސްޓްރިބިއުޓަރުކަމަށްވާ ޔޫރޯ މާކެޓިން ގެ ފަރާތުން، އެ ބްރޭންޑްގެ 100 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

https://wamco.com.mv/

މި ހަރަކާތް އޮންނާނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު، ހުޅުމާލޭ ޔޫތު ޕާކް (ރެޑް ބުލް ސްކޭޓް ޕާކް) ގައެވެ. ހަވީރު 4:00 އިން ފެށިގެން 6:00 އާ ހަމައަށް ކުރިއަށްދާ މި ހަރަކާތަކީ އާއިލާތަކާއި ރައްޓެހިންނާއި ކުޑަކުދިންނަށް ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުސަތެކެވެ.

ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ، ރަހައަކަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރާ މި ހަރަކާތަށް ވަނީ ހުރިހާ އާންމުންނަށް ދައުވަތުދީފައެވެ.

މި އިވެންޓްގައި ބައިވެރިންނަށް އިންޓަރެކްޓިވް އެކްޓިވިޓީ ޒޯންތަކާއި، މަޖާ ގޭމްތަކާއި ޗެލެންޖްތައް ހުރި އިރު، ލޯއާކާގެ މަޝްހޫރު މާސްކޮޓްތަކާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި ބައިވެރިންނަށް ހިތްގައިމު ހަދިޔާތަކެއް ވެސް ލިބިގެންދާނެކަމަށް ޔޫރޯ މާކެޓިން އިން ބުންޏެވެ.

އަހަރު ނިންމާލާ މި ހާއްސަ ހަރަކާތަކީ، ލޯއާކާގެ ސަތޭކަ އަހަރު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ހަރަކާތެވެ. މީގެ އިތުރުން ސާމްޕަލިންގ އިވެންޓްތަކާއި، ކޮމިއުނިޓީ ހަރަކާތްތަކާއި، ހުޅުމާލޭގައި ލޯކާގެ އައު އުފެއްދުންތައް ތަޢާރަފުކުރުން ވެސް ހިމެނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލޯއާކާގެ 100 އަހަރު ފާހަގަކުރަމުންދާއިރު، ޔޫރޯ މާކެޓިންގ އިން ދަނީ އެންމެން އެއްވެ، އެކުގައި މާނަވީ ތަޖުރިބާތަކެއް ކުރުމަށް ފުރުސަތުފަހިކޮށްދޭ ހަރަކާތްތަކެއް ރާވަމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ މި ހަރަކާތަކީ ރާއްޖޭގެ ރައްޔިތުންނަށް އުފާވެރިކަމާއި އެކުވެރިކަން ގެނެސްދިނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay