
އެއާޕޯޓް ޓެކްސްގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 18 ޑިސެމްބަރު 2025 - 10:51
އެއާޕޯޓް ޓެކްސް (އޭޑީއެފް) ގެ ގޮތުގައި މި އަހަރު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ އެއް ބިލިއަން ރުފިޔާއެވެ.
ޑިޕާޗާ ޓެސްކް އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން ޑައިރެކްޓް ޓްރާންސިޓް ފަސިންޖަރުން ހިމެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ހޮވުމުގެ އުއްމީދު ބޮޑު: ވަޒީރު އާދަމް ޝަރީފް
36 މިނިޓު ކުރިން

ޒުވާނުންގެ ވެހީގެ އެންޖީއޯ ސްޕޭސް އެއްވެސް ފީއެއް ނުދައްކާ ޖަމިއްޔާތަކަށް ބޭނުންކުރެވޭނެ: މިނިސްޓަރު
39 މިނިޓު ކުރިން

އަމާން އުދަރެހުގައި ހަދާ ޖީޕީ ކްލިނިކް ފެބްރުއަރީގެ ނިޔަލަށް ނިމޭނެ
40 މިނިޓު ކުރިން

ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަކީ ވާޖިބެއް: ޚުތުބާ
2 ގަޑިއިރު ކުރިން


