logo

ބީއެމްއެލްއިން މަސްވެރިންނަށް ޚާއްސަ ފައިނޭންސިން ޕޯޓަލް "މަސްވެރިޔާ" އިފްތިތާހުކޮށްފި

profile

މުހައްމަދު މުޝްރިފް - 13 ޑިސެމްބަރު 2025 - 17:52

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މަސްވެރިންނަށް ބޭންކުގެ ފައިނޭންސިންގ ޚިދުމަތްތަކަށް ފަސޭހައިން އެދި ހުށަހެޅޭ ގޮތަށް ފަރުމާކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމް، "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީނެވެ.

މަސްވެރިޔާ ޕޯޓަލްއިން މަސްވެރިކަމުގެ ދާއިރާގެ މީހުންގެ ދިރިއުޅުމާއި އުންމީދުތައް ހާސިލްކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ އިސްލާމިކް ފައިނޭންސިންގެ ގިނަ ޕްރޮޑަކްޓްތަކަށް އެދި ހުށަހެޅޭނެއެވެ. ވަރަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް، ތަފާތު އެކި ބޭނުންތަކަށް އެދި އިސްލާމީ ފައިނޭންސިންގ ޚިދުމަތްތަކަށް އެދި ހުށަހެޅޭނެއެވެ. އޭގެ ތެރޭގައި:

ގެދޮރު ގަތުމަށް

ގެދޮރު އިމާރާތް ކުރުމަށާއި މަރާމާތުކުރުމަށް

މަތީ ތައުލީމު ހާސިލުކުރުމަށް

އުޅަނދު ބަނުމާއި މަރާމާތުކުރުމަށް

ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށް

އަދި މީގެ އިތުރުން "ލުއި ފައިނޭންސިންގ" ގެ ނަމުގައި މަސްވެރިކަމަށް ބޭނުންވާ ސާމާނު ގަތުމަށާއި، މަސްވެރިކަމަށް ބޭނުންވާ އިތުރު އެކި ބޭނުންތަކަށް ދޫކުރެވޭ ފައިނޭންސިންގ ހިމެނެއެވެ.

މަސްވެރިންނަށް މާލީ ޚިދުމަތްތަކަށް ވާސިލުވުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުމަށް މި އަހަރުގެ ކުރީކޮޅު ބީއެމްއެލް އިން ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއެކު އެއްބަސްވެފައެވެ. ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "މަސްވެރިޔާ ޕޯޓަލް" އިފްތިތާހުކުރުމަކީ މަސްވެރިކަމުގެ ސިނާއަތަށް އެހީތެރިވެ، މާލީ ހައްލުތަކަށް ފަސޭހައިން ވާސިލުވެވޭނެ ޒަމާނީ އިންތިޒާމެއް ހަމަޖައްސައިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ބެންކް އޮފް މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެންމެ ބޭނުންތެރި މާލީ ހައްލުތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

މަސްވެރިޔާ ޕޯޓަލްއަކީ ބޭންކުން މަސްވެރިންނަށް އެހީތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު އެއް ރަމްޒެކެވެ. މަސްވެރިންނަށް އެހީތެރިވުމުގެ ގޮތުން 2024 ވަނަ އަހަރުގެ ޑިސެންބަރުން ފެށިގެން ބޭންކުން އަންނަނީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ޖަމާކޮށްދެމުންނެވެ. އަދި ބޭންކުން މަސްވެރިންނަށް އެއްވެސް އިކުއިޓީއެއް އަދި ރަހުނަކާ ނުލައި 300،000 (ތިން ލައްކަ) ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ހާއްސަ ފެސިލިޓީއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. މި ފައިނޭންސިންގއަށް ފައިސާ އަނބުރާ ދެއްކުމުގެ ތާވަލު ހަމަޖައްސަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް އަންނަ ބަދަލުތަކަށް ބަލައިގެންނެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް ކާޑު ޚިދުމަތްތައްވެސް ވަރަށް އަވަހަށް ތައާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކުން ވަނީ ހާމަކޮށްފައެވެ.

މަސްވެރިޔާ ޕޯޓަލް: masveriyaa.bankofmaldives.com.mv

https://wamco.com.mv/
https://eportal.mwsc.com.mv/e-pay