logo

ސައްހަނޫން ވިސާގައި ބިދޭސީ އެތެރެކުރި މީހަކު ޖަލަށް

profile

ޝަހްޒާ މުޙައްމަދު - 13 ޑިސެމްބަރު 2025 - 13:41

ފޭކް ވިސާގައި ރާއްޖެ އަށް ބިދޭސީން ގެނެސް މަނީލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ބަނގްލަދޭޝް މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

https://wamco.com.mv/

ޝަހާދަތު ހުސެއިން، 2014 އިން ފެށިގެން ރާއްޖޭގައި ހަތަރު ވޯކް ޕާމިޓެއްގައި އުޅެފައިވާއިރު، 2019 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި ހަ އެކައުންޓް ހުޅުވާފައިވެއެވެ.

އޭނާގެ ރަޖިސްޓްރީކޮށްފައިވާ އެންމެފަހުގެ ވަޒީފާއަކީ މަހަކު 3،000 ޑޮލަރުގެ މުސާރަ ލިބޭ އޮފީސް ބޯއީގެ ވަޒީފާއެވެ. ނަމަވެސް މާލޭގައި އުޅެފައިވަނީ މަހަކު 18،000 ރުފިޔާގެ އެޕާޓްމަންޓެއްގައެވެ.

ފުލުހުން އޭނާގެ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީ، ލޯގޯ، ސްޓޭމްޕް، ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓްތަކާއި ބިދޭސީ އަދި ދިވެހި އައިޑީކާޑު ފަދަ ތަކެތި ހޯދާފައިވެއެވެ. ޝަހާދަތުގެ މައްޗަށް މީގެ ސަބަބުން ޖުމްލަ ފަސް ދައުވާއެއް ވަނީ އުފުލާފައެވެ.

އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ރިޝްވަތު ދިނުން، ހުއްދަ ނުނަގައި ކަންކަން ކުރުން، އަދި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ ހިމެނެއެވެ.

އެކޯޓުގެ ގަޒިއްޔާގައިވާގޮތުން މި ދައުވާތަކަށް ޝަހާދަތު އެއްބަސްވެ، ދައުލަތާ އެކު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ އޭނަގެ މައްޗަށް އުފުލީ ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވެ އެވެ. އަދި ދެން ހުރި ދައުވާތަކުގެ އަދަބު ކުޑަކޮށްފައިވެ އެވެ.

އަދަބު ކުޑަކުރުމުން މަނީލޯންޑަރިންގެ ދައުވާގައި ޝަހާދަތުގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާ އެކު 53،400ރ، ޔާއިން ޖޫރިމަނާކު ރުމަށެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާގައި އިއްވީ ހަ މަހަށް ޖަލަށްލުމާ އެކު 21،600ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުން ދައްކައި ހަލާސް ކުރަން ޖެހެ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay