logo

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްކެނޑުމުގެ މުބާރާތެއް ބާއްވައިފި

profile

ޝަހްޒާ މުޙައްމަދު - 13 ޑިސެމްބަރު 2025 - 13:42

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ 1ވަނަ، ފިރިހެނުންގެ ކެޓަގަރީއިން އަލީ ނައީމް އަދި އަންހެނުންގެ ކެޓަގަރީއިން އާއިޝަތު ޢަލީ ހޯދައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، އަންހެން އަދި ފިރިހެން ހިމެނޭހެން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި އަންހެނުންގެ ކެޓަގަރީއިން 13 މީހުން އަދި ފިރިހެނުންގެ ކެޓަގަރީގައި 6 މީހުން ބައިވެރިވެފައިވެއެވެ.

https://wamco.com.mv/
އަންހެނުންގެ ކެޓަގަރީން ވަނަތައް ލިބުނު ފަރާތްތަކަކީ:

1 ވަނަ – އާއިޝަތު ޢަލީ، 1 މިނެޓު 54 ސިކުންތު
2 ވަނަ – ފާތިމަތު އިރުޞާދާ، 2 މިނެޓު 21 ސިކުންތު
3 ވަނަ – ޚަދީޖާ އިބްރާޙިމް، 2 މިނެޓު 38 ސިކުންތު

undefined

ފިރިހެނުންގެ ކެޓަގަރީން ވަނަތައް ލިބުނު ފަރާތްތަކަކީ:

1 ވަނަ – ޢަލީ ނައީމް، 1 މިނެޓު 49 ސިކުންތު
2 ވަނަ – ޢަލީ އިބްރާޙިމް – 2 މިނެޓު 2 ސިކުންތު
3 ވަނަ – އަޙްމަދު އިބްރާޙިމް – 2 މިނެޓު 6 ސިކުންތު

undefined

މި މުބާރާތުގެ އެއްވަނައަށް އައި ފަރާތްތަކަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމު ލިބިފައެވެ. އަދި ދެވަނައަށް އައި ފަރާތްތަކަށް 5500 ރުފިޔާގެ ފައިސާގެ އިނާމު ލިބުނު އިރު ތިންވަނައަށް ދިޔަ ފަރާތްތަކަށް ލިބުނީ 3500 ރުފިޔާއެވެ.

މި މުބާރާތަށް ހުށައަޅާފައިވާ އިނާމުގެ އިތުރުން، އެކި ކެޓަގަރީތަކަށް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އެންޑް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންވެސް ފައިސާގެ އިނާމު ހުށައަޅާފައިވެއެވެ.

މިމުބާރާތުގެ ވަނަތަކަށް އައި ބައިވެރިންނާ އިނާމު ޙަވާލުކޮށްދެއްވީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެ ކަނބަލުން ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ. އަދި ވަޒީރުންނާއި، ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސް ބޭފުޅުންގެ މިމުބާރާތް ބައްލަވާލެއްވިއެވެ.

މީގެއިތުރުން މި މުބާރާތުގެ ޚާއްސަ ބައިގައި ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންވެސް މަސްކެނޑުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި، އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުގެ އިތުރުން އެމްއޭސީއެލް އަދި އެމްޓީސީސީގެ ސީއީއޯވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި ވަނީ، ކުލަގަދަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ބޭއްވި މުބާރާތްތަކުގެ ތެރޭގައި މަސް ކެނޑުމުގެ މުބާރާތުގެ އިތުރުން، މަސް ބޭނުމާއި، ކެއްކުމުގެ މުބާރާތެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay