
މާލޭގައި ރަށްވެހިވިތާ އެއް އަހަރުވެފައިވާ މީހުނަށް ފްލެޓް ލިބޭގޮތްހަދައިފި

ޝަހްޒާ މުޙައްމަދު - 29 ޑިސެމްބަރު 2025 - 07:12
މާލޭގެ ރަށްވެހިކަމުގައި އެއް އަހަރުވެފައިވާނަމަ ފްލެޓަށް ޝަރުތު ހަމަވާ ގޮތަށް ކަނޑައަޅައި، މާލެ ސަރަހައްދުން ދިރިއުޅުމަށް ގޯއްޗާއި ފްލެޓު ދޫކުރާ އުސޫލު ސަރުކާރުން އާންމުކޮށްފިިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރާނެ ކަމަށާއި، ފުރަތަމަ 15،000 ގޯތި ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ.
މާލެ ސަރަހައްދުން ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ގޯތި ދޫކުރާނީ މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ. ދެ ކެޓަގަރީގެ މީހުންނަށް ވެސް ދޫކުރާނީ 1،250 އަކަފޫޓުގެ ގޯތިތަކެވެ.
މާލޭގެ ރަށްވެހިންގެ ގޮތުގައި ބަލަނީ މާލޭގައި އުފަންވި މީހުންނާއި، ދަފްތަރުގައި ޖެހިފައިވާ މީހުންގެ އިތުރުން ފަހުން މާލޭގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކެވެ. މާލޭގެ ރަށްވެހިންނަށް ގޯތި ލިބުމަށް ގިނަ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.
މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވާ ނަމައެވެ. މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލައި ޕޮއިންޓް ދޭނެއެވެ. އެގޮތުން 15 - 20 އަހަރާ ދެމެދުގައިނަމަ 20 ޕޮއިންޓް، 20 - 25 އަހަރާ ދެމެދުގައިނަމަ 30 ޕޮއިންޓް، އަދި 30 އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާނަމަ 40 ޕޮއިންޓް ލިބޭނެއެވެ.
ގޯއްޗަށް އެދޭ ފަރާތްތަކަކީ ދިވެހި ރައްޔިތުން ކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށް ވާންޖެހެއެވެ.
އަމިއްލަ ނަމުގައި ނުވަތަ އަނބިމީހާ/ފިރިމީހާގެ ނަމުގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަޖިސްޓްރީވެފައި އޮވެގެން ނުވާނެއެވެ.
ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، އަމިއްލަ ނަމުގައި އޮތް ކުޑަ ބިމެއް ނުވަތަ ލިބެން އޮތް ބިމެއް ދޫކޮށްލަން އެއްބަސްވާންޖެހެއެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމަށްފަހު، އަމިއްލަ ނަމުގައި އޮތް ބިމެއް ނުވަތަ ފްލެޓެއް އެހެން ފަރާތަކަށް ބަދަލުކޮށްފައިވާނަމަ ޝަރުތު ހަމައެއް ނުވާނެއެވެ.
ގޯއްޗަށް އެދި ހުށަހަޅަންވާނީ ހައުސިން ނިސްޓްރީން ކަނޑައަޅާ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އެޕްލިކޭޝަން ހުށަހެޅޭނީ ގެޒެޓުގައި އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. ކައިވެނިކޮށްގެން އުޅޭ ފަރާތްތަކުން ހުށަހަޅަންވާނީ ޖޮއިންޓް އެޕްލިކޭޝަނެކެވެ. ނަމަވެސް ދެމަފިރިންކުރެ އެކަކު ޝަރުތު ހަމަނުވާނަމަ، ޝަރުތު ހަމަވާ ފަރާތަށް ވަކިން ހުށަހެޅިދާނެއެވެ.
އެޕްލިކޭޝަނާއެކު އައިޑީ ކާޑުގެ ކޮޕީ، ކައިވެނީގެ ސެޓްފިކެޓް އަދި މިލްކިއްޔާތު ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހަޅަންޖެހެއެވެ. މާލޭގެ ރައްޔިތެއްކަން ސާބިތުކޮށްދިނުމަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
2 މިނިޓު ކުރިން

ހުޅުމާލެއިން ޓޯކުރި ބައެއް އުޅަނދުތައް ދޫކޮށްފި
3 މިނިޓު ކުރިން

މި އަހަރު 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި
4 ގަޑިއިރު ކުރިން

އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެ
21 ގަޑިއިރު ކުރިން


