logo

ހުޅުމާލެއިން ޓޯކުރި ބައެއް އުޅަނދުތައް ދޫކޮށްފި

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 10:38

ފުލުހުން ހުޅުމާލެއިން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 105 އުޅަނދެއް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

ފުލުހުން ވަނީ ހުޅުމާލެއިން 787 އުޅަނދެއް ވަނީ ޓޯކޮށްފައެވެ.

މީގެ ކުރިން ފުލުހުން އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ ޓޯކުރި އުޅަނދުތަކުގެ ތެރެއިން އެ އުޅަނދެއްގެ ވެރިފަރާތުން ދައްކަންޖެހޭ ޓްރެފިކް ޖޫރިމަނާތައް ދެއްކުމަށްފަހު ހުޅުމާލެ ފޭސް އެކެއްގެ ޕޮލިސް ސްޓޭޝަނަށް ދިއުމުން، ފުލުހުން ދޭ ސްލިޕްކޮޅު ހިފައިގެން ތިލަފުއްޓަށް ދިއުމުން އުޅަނދު ދޫކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.

ޓޯކުރި 105 އުޅަނދު ދޫކޮށްފައިވަނީ އުޅަނދުތައް ދޫކުރުމުގެ ކުރިން އުޅަނދުުގެ ވެރިފަރާތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެ ޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ މަގުތަކުގައި އާއްމު ދަތުރުފަތުރަށް އުނދަގޫވާ ގޮތަށް އަދި ގަވާއިދާ ހިލާފަށް ހުރި ގިނަ އަދަދެއްގެ އުޅަނދު ފުލުހުން ވަނީ މީގެ ކުރިން ޓޯކޮށްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay