logo

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 29 ޑިސެމްބަރު 2025 - 10:38

ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް ، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

https://wamco.com.mv/

ކ. މަނިޔަފުށި ރިސާރޗް އެންޓް ޓްރެއިނިންގ ފެސިލިޓީގައި އަންނަ ޖެނުއަރީ 24 އިން ފެބްރުއަރީ 05 އަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވެވެނީ ޖުމްލަ 15 ފަރާތަކަށެވެ.

15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފައިވާނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކޯސް ކުރިއަށް ގެންދަނީ މި ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ (އެމްއެމްއާރުއައި) އާއި ގުޅިގެންނެވެ.

11 ޖެނުއަރީ 2026 ގެ ނިޔަލަށް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ.

ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay