
މި އަހަރު 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި

ޝަހްޒާ މުޙައްމަދު - 29 ޑިސެމްބަރު 2025 - 06:29
މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
އެމިނިސްޓްރީއިން ހާމަކުރިގޮތުގައި މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ވަނީ ޤުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައެވެ. އަދި އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު އެއް ކުއްޖަކު ވަނީ އިމްތިހާނަށް ތައްޔާރުވެފައެވެ.
އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިއީ މިދިޔަ އަހަރާ ބަލާފައި އިތުރު އަދަދެއް ކަމަށާއި އަދި 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްފައިވާ ކަމަށެވެ.
މި ދައުރުގައި 500 ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ރަށްވެހިވިތާ އެއް އަހަރުވެފައިވާ މީހުނަށް ފްލެޓް ލިބޭގޮތްހަދައިފި
2 ގަޑިއިރު ކުރިން

އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެ
19 ގަޑިއިރު ކުރިން

ވަތަނީ ހިދުމަތުގެ ފުރަތަމަ ބުރު، 344 ދަރިވަރުން ފުރިހަމަކޮށްފި
19 ގަޑިއިރު ކުރިން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން ބަދަލުކޮށްފި
ދުވަހެއް ކުރިން


