ހުޅުމާލެ ފޭސް 2 ގައި ރޯދަ މާރުކޭޓް ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 19 ފެބްރުއަރީ 2026 - 12:17
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޯދަމަހަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓު މިއަދު ހުޅުވައިފި އެވެ.
މިއީ، މި ރަމަޟާން މަހުގެ ތެރޭގައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީން ތަރައްގީ ކުރައްގީ ކުރި މާރުކޭޓެކެވެ.
އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެ އެވެ.
ހުޅުމާލޭ ފޭސް ދޭއް ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާ ގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދެމެދު އެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެޗްޑީސީ އިން ވަނީ ދާދި ފަހުން ފޭސް 2 ގައި ޖިމެއް ވެސް ހުޅުވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފޯޅަވައްސާ ތާރީޚީ ގޮތުން އެންމެ ބޮޑަށް ގުޅިފައިވަނީ ދިވެހިރާއްޖެ: ރިފޯމް ޕާޓީ ލީޑަރ ނިގެލް
6 ގަޑިއިރު ކުރިން

ފުލުހުންގެ މުއައްސަސާއަށް ނަވީންކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކޮށްފި
6 ގަޑިއިރު ކުރިން

އެންސްޕާއިން އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް ހުސްވި މަހު 15 މިލިއަން ހަރަދުކޮށްފި
10 ގަޑިއިރު ކުރިން

ކުވެއިތު ސަރުކާރުގެ އިސްވެރިންނަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)