
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ވޯޓުލައްވައިފި

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 08:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލައްވައިފިއެވެ.
އަބްދުއްރަހީމް ވޯޓުލެއްވީ، ލ. ފޮނަދޫގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަށެވެ.
މިފަހަރު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 294،86 ރައްޔިތުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.
މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ.
ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ކަނޑައަޅާފައިވާ ފޮއްޓަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކުރަން އެޗްއާރުސީއެމް އިން ގޮވާލައްވައިފި
7 ގަޑިއިރު ކުރިން

ސިޓީތަކުގެ މޭޔަރުގެ ގޮނޑި އެމްޑީޕީ އިން ކާމިޔާބުކޮށްފި
9 ގަޑިއިރު ކުރިން

މިހާތަނަށް ވޯޓްލާފައިވަނީ 62 އިންސައްތަ މީހުން: އީސީ
9 ގަޑިއިރު ކުރިން

ކެންދޫގައި ކުރިއަށްދިޔަ އިއާދަކުރުވަނިވި ހަކަތައިގެ މަޝްރޫއު ނިންމާލައިފި
10 ގަޑިއިރު ކުރިން


.gif&w=3840&q=75)