logo

އަސްލުޓީވީ ބޮޑު އިނާމްގެ ދެވަނަ ހަފްތާގެ އިނާމް ހަވާލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 06:57

އަސްލުޓީވީ ބޮޑު އިނާމްގެ ދެވަނަ ހަފްތާގެ އިނާމް ހަވާލްކޮށްފިއެވެ.

https://wamco.com.mv/

އަސްލު ޓީވީ ބޮޑު އިނާމްގެ ދެވަނަ އިނާމަށް ގުރުއަތުން ހޮވުނީ ނިޝާމް ހުސައިން، ޅ.ކުރެންދޫ އެވެ.

ނިޝާމްގެ ބަދަލުގައި އިނާމާއި ހަވާލްވެފައިވަނީ އިބްރާހީމް ރަޝީދު، ފެންބޯހުރާ ރ . މާކުރަތު އެވެ.

ދެވަނަ ސުވާލުގެ ޖަވާބު ހުށަހެޅުމުގެ ސުންގަޑި ނިމި ގުރުއަތު ނަގާ އިނާމް ހަވާލުކޮށްފައިވާއިރު މިހާރު ވަނީ ތިންވަނަ ހަފްތާގެ ސުވާލު ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

އަސްލު ޓީވީ އަހަރީ ބޮޑު އިނާމަކީ އަސްލު ޓީވީން ކޮންމެ ހަފްތާއަކުވެސް ގެނެސްދެމުން އަންނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާޓްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ދޭ ހާއްސަ އިނާމެކެވެ.

އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމުގެ ހަފްތާގެ ސުވާލު ތަކާއި، ސުންގަޑި ހަމަވުމުން އެސު ވާލުތަކުގެ ޖަވާބު އަދި ކޮންމެ ހަފްތާއަކުވެސް ހޮވޭ ނަސީބުވެރި ފަރާތެއް އަސްލުޓީވީން އަދި އަސްލު ޓީވީގެ ފޭސްބުކް އިންސްޓަރގްރާމް އަދި ޓިކްޓޮކް އިން ފެންނަން ހުންނާނެ އެވެ.

25 ޖެނުއަރީ 2026 އިން 25 ޖުލައި 2026 ގެ ނިޔަލަށް ކުރިއަށްދާ އަހަރީ ޕްރޮމޯޝަންގައި ކޮންމެ މީހަކަަށްވެސް ބައިވެރިވެ އިނާމް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އަހަރީ ބޮޑު އިނާމްގެ ނަމުގައި ފެށި ކުއިޒްގައި ގެނެސްދޭ ސުވާލުގެ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ރަނގަޅު ޖަވާބު ދިމާކުރައްވާ ފަރާތަތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ސްކޫޕީ ކަލަބް 12 ބްރޭންޑްގެ ސައިކަލެއް ލިބިގެންދާނެއެވެ.

އަސްލު ޓީވީ ބޮޑު އިނާމު ކުއިޒްގައި ބައިވެރިވާ ފަރާތްތަކުން ޖަވާބު އެސްއެމްއެސް ކުރާނީ AB (ހުސްތަންކޮޅެއް) A B C ޖަވާބު، 4422 އަށެވެ.

އަސްލު ޓީވީގެ އަހަރީ ބޮޑު އިނާމްގެ ކޮންމެ ހަފްތާއެއްގެ ސުވާލު ވެސް އެހަފްތާއެއްގެ އާދިއްތަ ދުވަހަކު އަސްލުޓީވީ އާއި އަސްލުޓީވީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay