
ޕިކަޕެއް ގައިމައްޗަށް ވެއްޓި 60 އަަހަރުގެ ދިވެއްސަކު ނިޔާވެއްޖެ

އައިޝަތު އިނާޝާ - 16 ފެބްރުއަރީ 2026 - 06:56
ޕިކަޕެއް ދަށުގައި މަސައްކަތް ކުރުމަށް އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިގެން އެ މީހާ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތެއް ކުރުމަށް އެ ޕިކަޕް ދަށުގައި އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕް ވެއްޓިފައިވާ ކަމުގެ މައުލޫމާތު އިއްޔެ 11:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ނިޔާވެފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާގައި ނިޔާވެފައިވަނީ އުމުރުން 60 އަަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން
.png&w=3840&q=75)
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން

ދުންފުހުގެ އަސަރު ބޮޑުވެ، ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި
3 ގަޑިއިރު ކުރިން

ކުޅިވަރުގެ ދާއިރާތަކަށް ވީ ވަޢުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫން، އެވައުދުތައް ދަނީ ފުއްދަމުން: މިނިސްޓަރު ރާފިއު
3 ގަޑިއިރު ކުރިން


.gif&w=3840&q=75)