.png&w=3840&q=75)
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

އައިޝަތު އިނާޝާ - 16 ފެބްރުއަރީ 2026 - 06:32
ގއ. ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފަިއވަނީ ގއ. ދެއްވަދޫ / ގާވިޔާ، މަމްނޫހު ޒާހިރު (28އ) އާއި ގދ. ތިނަދޫ / ވައިޓްހިލް، އާއިޝަތު މޫސާ (34އ) އެވެ.
ފުލުހުން ބުނިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫން ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވިގެން ދެއްވަދޫ ޕޮލިހުން ހިންގި އޮޕަރޭޝަންގައެވެ. މި މަހު 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅާއި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން

ޕިކަޕެއް ގައިމައްޗަށް ވެއްޓި 60 އަަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
3 ގަޑިއިރު ކުރިން

ދުންފުހުގެ އަސަރު ބޮޑުވެ، ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި
3 ގަޑިއިރު ކުރިން

ކުޅިވަރުގެ ދާއިރާތަކަށް ވީ ވަޢުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫން، އެވައުދުތައް ދަނީ ފުއްދަމުން: މިނިސްޓަރު ރާފިއު
3 ގަޑިއިރު ކުރިން


.gif&w=3840&q=75)